ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ, ނަޝީދަށް: ހިސާބު ކިޔަވަން އަޅުގަނޑުމެންގެ ގާތަށް އަންނަންވީ ނޫންތޯ؟

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިސާބުކިޔަވަން އައުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހަންމަދު ނަޝީދުގެ އަރިހުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

އަދުރޭ މިހެން ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވައެވެ.

ޕީޕީއެމް/ޕީއެންސީ އިން މިއަދު ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވިއިރު ވެސް ރާއްޖެ އޮތީ ދަރަނިވެެރިވެފައި ކަމަށާއި އެގޮތުން ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ހަމައަށް އަދާނުކޮށް ހުރި ބިލުތަކުގެ ޖުމްލަ އަދަދު ތިން ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

އަދި އެ ފައިސާ ދެއްކެވީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށްވެސްސ އަދުރޭ ވިދާޅުވިއެވެ.

އަދި ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ރިޒާވް 900 މިލިއަން ޑޮލަރަށް ހައްދަވައި، އުފެއްދުންތެރިކަން ބޮޑު ތަނުން މަތިކުރިއިރު، ނަޝީދު ދައްކަވާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދި މީގެގ އިތުރުން އަދުރޭ ވިދާޅުވީ ނަޝީދަށް ވާނުވާ ނޭނގުނަސް އެމަނިކުފާނުމެންނަށް ވާނުވާ އެބަ އިނގޭކަކމަށާއި އަރަންޏާއި ދަރަންޏާއި، ފައިދާ އާއި ގެއްލުމާއި ޕީޕީއެމް އާއި ރައީސް ޔާމީނަށް އިނގޭކަމަށެވެ.

“ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ އަޅުގަނޑުމެން ކައިރީގައި ދައްކަން އުޅޭނެ ކަމެއް ނެތް” ނަޝީދަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ ރާއްޖެ އެއް ގައުމަކަށް ބަރޯސާކޮށް ދަރުވާލަނީ މި ސަރުކާރުން ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ކަމަށްވެސް ވިދާޅުވެފައެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިއަދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ދިޔައީ ބަލާލުމެއް ވެސް ނެތި ފައިސާ އަށް ވުމުން ލިބެން އޮތީތީ ދަރަނި ނަގަމުން ކަމަށާއި އޭގެ ހިތި ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ބާކީ މިއޮތް މަސްތަކުގެ ތެރޭގައި ވެސް ޗައިނާ އަށް 83 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހިފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: