ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް 2 އަހަރުވީއިރު ގައުމު ބަނގުރޫޓުވެ، ރައްޔިތުން ބިކަވެއްޖެ: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ދެ އަހަރުވީ އިރު ގައުމު ބަނގުރޫޓުވެ، ރައްޔިތުން ބިކަ ވެފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ދެ އަހަރުވީ އިރު ގައުމު ބަނގުރޫޓުވެ، ރައްޔިތުން ބިކަވެފައިވާ ކަމަށެވެ. އަދި ޒުވާނުން މަގުމަތިވެފައިވާ ކަމަށާއި މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

“އިސްލާމްދީން ނިކަމެތިކޮށްފި. ލާދީނިއްޔަތަށް މަގު ފަހިކޮށްފި. ޢަދުލު އިންޞާފު ގެއްލިއްޖެ. އަނިޔާވެރިކަން ޢާންމުވެއްޖެ. ވައްކަން އިންތިހާއަށް ހިނގައްޖެ” އަދުރޭ ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަން ކިޔުން އިދިކޮޅުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ވިއްކާލުން ނޫން ކަމަށާއި، ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ދައުލަތަށާއި އާއްމުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަދަލާއެކު ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ވެގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ވަނީ ކޮވިޑް-19 ކާރިސާއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅު ތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު %29.3 އިން ކުޑަ ވެފައިވާ ކަމުގައެވެ. އަދި މިއީ ތަހައްމަލް ކުރަން އުދަގޫ އަދި ގޮންޖެހުންތަކުން އަރައިގަންނަން ދަތި ހާލަތެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އަދި މިހާތަނަށް އިގްތިސާދު ދަށަށް ގޮސްފައިނުވާ މިންވަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: