ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8 މަހަށް ފަހު އަތޮޅުތަކުގެ ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ތެރޭގައި 8 މަހަށް ފަހު ޕްރީ ސްކޫލް ދަރުވަރުންނަށް ކިޔަވައިދޭން ފަށައިފި އެވެ.

އަތޮޅުތަކުގެ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ކޮވިޑު-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް އެޗްޕީއޭގެ ލަފާގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދިނުމާ ގުޅިގެންނެވެ.

އެގޮތުން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަދު އަތޮޅު ތެރޭގައި ޕްރީ ސްކޫލް ދަރިވަރުންގެ ކިޔެވުން ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ  ޕްރީ ސްކޫލު އުމުރުގެ ކުދިން އަލުން ސްކޫލަށް ދާތަން ފެނިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. ދެން ތިބި ދަރިވަރުންނަށް ވެސް އަވަހަށް ސްކޫލަށް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން މިއަހަރުގެ މާޗް މަހު ސްކޫލްތައް ބަންދު ކުރުމަށް ފަހު ނިއު ނޯމަލްގައި ޖުލައި އެކެއްގައި އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 1-12 އަށެވެ. މިއަދާއި ހަމައަށް ފައުންޑޭޝަން ލެވެލް އާއި އަމިއްލަ ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: