ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕްގެ ފަރާތުން ހުށަހެޅި ތަފާތު ފަސް މައްސަލައެއް ކޯޓުން ބޭރުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިޚާބުންނ ނާކާމިޔާބުވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ކޯޓަށް ހުށަހެޅި ތަފާތު ފަސް މައްސަލައެއް ކޯޓުން ބޭރުކޮށްލައިފިއެވެ.

ޓްރަމްޕްގެ ފަރާތުން ކޯޓަށް ހުށަހެޅި ހުރިހާ މައްސަލައެއް ވެސް ކޯޓުން ބޭރުކޮށްލީ މައްސަލައިގައި ކޮށްފައިވާ ދައުވާތަކަށް ބާރުލިބޭ އެކަށީގެންވާ ހެކިތަކެއް ކޯޓަށް ހުށަހަޅާފައި ނެތުމުންނެވެ.

ޓުރަމްޕު ގެގ ފަފރާތުން ހުށައަޅާފައިވާ މައްސަލަ ތަކުގެ ތެރޭގައި ވޯޓް ކަރުދާހުގައި ވޯޓްލީ މީހުންގެ ނަމާއި ދިމާލުގައި ސޮއި ނެތުމާއި ޕޯސްޓް ކުރި ބައެއް ވޯޓް ކަރުދާސްތަކުގައި ވޯޓްލީ މީހުން އެޑްރެސް ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަތައް ހިމެނެއެވެ.

ނާކާމިޔާބީ އާއި އެކު ޓްރަމްޕްގެ ފަރާތުން ވަރަށް ގިނަ މައްސަލަތަކެއް ކޯޓްތަކަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް ޓްރަމްޕް ކުރާ ތުހުމަތުތަކަށް ބާރުލިބޭ ގޮތައް އެއްވެސް މައްސަލައެއް ނިންމާފައެއް ނުވެއެވެ.

އެެމެރިކާގެ ރިޔަސީ އިންތިހާބުން ޓުރަމްޕުގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑެންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: