ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫފާން ވެމްކޯ: 42 މީހަކު މަރުވެ 20 މީހުން ގެއްލިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕިލިޕީންސްއަށް ކުރަމުންދާ ވިއްސާރާގައި، ތޫފާން ވެމްކޯގެ ސަބަބުން މިހާތަނަށް 42 މީހަކު މަރުވެ، 20 މީހަކު ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

އެ ގައުމުގެ މީޑިއާ ތަކުގައި ބުނެފައިވަނީ ތޫފާން ވެމްކޯގެ ސަބަބުން މަގުތައް ކަނޑައިގެން ގޮސްފައިވާއިރު، ދިހަ ހާހަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ހަލާކުވެފައިކަމަށެވެ.

އަދި މިމީހުން ސަލާމަތީ ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ސަލާމަތީ ކަންތައްތަކާ ބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ.

ތޫފާން ވެމްކޯއަކީ ޕިލިޕީންސްއަށް މިއަހަރު އެރި 21 ވަނަ ތޫފާންކަން ފާހަގަކޮށްލެވެއެވެ.

ތޫފާން ވެކްމޯ އެރުމުގެ ހަފްތާއެއް ކުރިން އެޤައުމަށް މިދިޔަ 7 އަހަރުގެ ތެރޭގައިވެސް އެޤައުމަށް އެރި އެންމެ ނުރައްކާތެރި ތޫފާން، ތޫފާން ގޮނި އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: