ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބްރޯ، ހެޔޮނުވާނެ އެއްޗެއް ކާލަން ﷲ އަށްޓަކައި ނަމަވެސް 20 ރުފިޔާ ދީބަލަ”

މާލޭގައި މަސްތުވާތަކެތީގެ ހިދުމަތް ދެމުން ދިޔަ ގެއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހުޅުމާލެ ނުދެވިގެން މިއުޅެނީ، ނެތްތަ 20 ރުފިޔާ” މިއީ މީގެ ދެ ދުވަހެއް ކުރިން ރައްޓެހިންތަކަކާއި އެކު ރާޅުގަނޑު ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓެއްގައި ވާހަކަ ދައްކަން ތިއްބާ ދިވެހި ޒުވާނަކު އައިސް ކުރި ސުވާލެވެ. އޭނާއާއި ދިމާލަށް ބަލާލުމަށް ފަހު، އެއީ އެއްގޮތަކަށް ވެސް މަގުމަތިވެފައިވާ ޒުވާނެއް ނޫންކަން އެނގެއެވެ. އެކުގައި ދެން ހުރި ކުއްޖާ އޭނާއަށް ބަލާލުމަށް ފަހު ކުރި ސުވާލަކީ، “ރޭ ….. ރެސްޓޯރެންޓުގަ ހުއްޓާ ވެސް އައިމެއްނު ހުޅުމާލެ ދާން 20 ރުފިޔާ ހޯދަން”. މިހެން ބުނުމާއި އެއޭނާ އެ ޓޭބަލް ދޫކޮށް ގޮސް އެހެން ބައެއް ކައިރީ ފައިސާ ދިނުމަށް އެދި ވާހަކަ ދެއްކިއެވެ.

މިއީ މިއަދު މާލޭގެ މަގު މަތީން އާއްމުވެފައިވާ ކަމެކެވެ. ރެސްޓޯރަންޓު، ކެފޭތަކަށް ވަދެ ދިހަ ރުފިޔާއިން ވިހި ރުފިޔާއިން ހޯދާ ޒުވާނުން މަދެއް ނޫނެވެ. ބައެއް މީހުން އަންނަނީ ހުޅުމާލެ ނުދެވިގެން ކަމަށް ބުނެއެވެ. ނުވަތަ ކޭޝް ކާޑުން ފައިސާ ނުނެގިގެން ކަމަށް ބުނެއެވެ. މީގެ ހަފްތާއެއް ހާ ދުވަސް ކުރިން، އޮފީސް ނިންމާ ރައްޓެއްސަކާއި އެކު ވާހަކަ ދައްކަން އާޓިފިޝަލް ބީޗުގައި ހުރީމެވެ. އެތަނުގައި ވީ ގަޑިއެއް ހާ އިރުގެ ތެރޭގައި ތިން ޒުވާނަކު 20 ރުފިޔާ ދިނުމަށް އެދި އައެވެ. އޭގެ ތެރެއިން އެކަކު ބޭނުން ވީ ނުކައި ހުރުމުގެ ސަބަބުން އެހީއެއް ވާށެވެ. މިހާރު ގެންގުޅެނީ އޮންލައިން ޓްރާންސްފާ ކަމާއި، ކައިރިތަނަކުން ބޭނުން އެއްޗެއް ގަނެދޭނެ ކަމަށް ބުނުމުން އޭނާ އެކަމަށް އެބަހެއް ނުވިއެވެ.

އެއްގޮތަކަށް ވެސް ކޮވިޑުގެ މި ހާލަތުގެ ތެރޭގައި، މާލީ ގޮތުން އާއްމުންނަށް ގެއްލުން ނުވާ ވާހަކައެއް ނޫނެވެ. ނުވަތަ ބަޔަކު އެހީއެއް ބޭނުން ވުމުން އެކަމުގައި އުނދަގޫތަކެއް ވަނީ އެއް ވެސް ނޫނެވެ.

ހަމަ މިގޮތުގެ މަތީން އޮފީސް ނިންމާ ގެއަށް ދިޔަ މަގުމަތީ، ގެ ކައިރިން ފެނުނު ޒުވާނެކެވެ. ބަލާ ބެލުމަށް އުމުރުން ވަނީ 19 އެހެން ނޫނީ 20 އަހަރެވެ. އެކުވެރިއަކާއި އެކު ގެޔަށް ދަނިކޮށް ދެ މީހުން ހުއްޓުވާ އެދުނީ ނުކައި ހުރުމުގެ ސަބަބުން އެހީއެއް ވުމަށެވެ. އޭނާއަށް ބަލާ އެއީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހެއްކަން އެނގެއެވެ. އެހެން ނަމަވެސް އެކުގައި އިން އެކުވެރިޔާ ޖީބުން 50 ވަރަކަށް ރުފިޔާ ނަގާ، އެކުގައި ފިހާރައަށް ދިއުމަށް ބުންޏެވެ. އެހެން ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރިއެވެ. ބޭނުން ވަނީ 20 ރުފިޔާ ކަމާއި، ކެފޭއަކުން އޭނާއަށް އޭރުން ކެވޭނެ ކަމަށް ބުންޏެވެ. އަދުގެ ޒުވާނުންގެ ހާލަތު ގޮސްފައިވާ ހިސާބަކީ މިއީއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގެ ތެރެއިން، ކާނިވާ ސަރަހައްދަކީ މިހާރު މިފަދަ އެއް ތަނެވެ. އަމިއްލަ މަސައްކަތުން ފައިސާ ހޯދާ މީހުން މީގެ ކުރިން އެތަނުގައި އުޅުނެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކާނިވާގެ ކެފޭތަކަށް ވަދެ ހަމަ އެގޮތަށް 20 ރުފިޔާ ދޭން ބުނާ މީހުން ދަނީ އިތުރުވަމުންނެވެ.  ތަފާތު އެކި ފަހަރު މަތީން ދިމާވި އެކި ހާދިސާތަކެއް ހިއްސާކޮށްލާނަމެވެ. ރައްޓެއްސަކާއި އެކު ރެސްޓޯރެންޓައި ހުއްޓާ އައި ޒުވާން އަންހެން ކުއްޖެކެވެ. އޭނާ އައިސް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އަޅާލާނެ މީހެއް ނެތް ވާހަކައާއި، ދުވަސް ނިމިގެން ދާއިރު އެއްވެސް އެއްޗެއް ނުކައި ހުރި ކަމަށް ބުންޏެވެ. އަދި އެ ނޫން ވެސް އެތައް ވާހަކަތާއި އެކު އެ ޒުވާނާއަށް އެހީވުމަށް، ދަބަސް ނެގުމާއި އެކު ތަނުގެ ވެއިޓަރެއް އައިސް އެތަން ދޫކޮށް ދިއުމަށް އެ ޒުވާނާގެ ގާތުން އެދުނެވެ. އެއަށްފަހު ތަނުގެ ވެއިޓަރު ދެއްކި ވާހަކައިން އެއީ ދޭތެރެއަކުން އެތަނަށް އަންނަ ޒުވާނެއްކަން އެނގިގެން ދިޔައެވެ.

މިއީ މިއަދު ގައުމުގެ ހާލަތެވެ. ނުވަތަ ޒާމާންތަކަކާއި، އަހަރުތަކެއް ވީއިރު އެއްވެސް ބަދަލެއް އައިސްފައި ނުވާ ސަގާފަތެއްގެ ވާހަކައެކެވެ.

އޮފީސް ކުރިމަތީން އާއްމުކޮށް ފެންނަ ޒުވާނެކެވެ. ކޮންމެ ދުވަހަކު ދުވާލު ގަޑީ، މީހުން ބޮއެ އެއްލާލާފައި ހުންނަ ސިނގިރޭޓު ބަޓުކޮޅުތައް ހޮވައިގެން ގެންދާ މީހެއް އާދެއެވެ. އާންމު ގޮތެއްގައި އޭނާ ހުންނަނީ މަސްތުގެ ހާލަތުގައެވެ. ބައެއް ދުވަސްދުވަހު ފަހަތުން އައިސް އޮފީހަށް ވަދެ، ރުފިޔާ ދޭން ވެސް އެދެއެވެ.

މިއީ މިއަދުގެ މުޖްތަމައުއާއި ޒުވާނުންގެ ހާލަތެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖީލެއް ހަލާކެވެގެން ދާއިރު، ރަނގަޅު ގޮތުގައި ރިހިބިލިޓޭޓު ނުކުރެވުން އެއީ މައްސަލައެކެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 71%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމީހުންގެ މައިންބަފައިން ނައް އެއީކަމަކަށްނުވޭ
    އެމީހުންގެ މައިންބަފައިންނަށް އަދަބުދޭންވީ

Leave a Reply to އަލީ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: