ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫފާން ވެމްކޯގައި ފިލިޕީންސްއިން 39 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސަށް ބާރުގަދަ ތޫފާނެއް އަރާ 39 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުން ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ވެމްކޯގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން ފިލިޕީންސަށް އެރީ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ. އެ ތޫފާނުގައި މިހާތަނަށް 39 މީހުން މަރުވެފައި ވާއިރު 22 މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ފިލިޕީންސުގެ ފުލުހުން ބުނީ މަރުވި މީހުންގެ ތެރޭގައި އުމުރުން 68 އަހަރުގެ މީހަކާއި 79 އަހަރުގެ ދެ މީހުން ހިމެނޭކަމަށެވެ.

ތޫފާނުގެ ސަބަބުން މިހާތަނަށް 180،000 އަށްވުރެ ގިނަ މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. ކެޓަގަރީ ދޭއްގެ ބާރުމިން ހުރި އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މީގެ ދިހަ ދުވަސްކުރިން ފިލިޕީންސަށް އެރި ސުޕާ ޓައިފޫން ގޯނީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: