ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަދިވެސް ފަރުވައެއް ނުވާ މިބައްޔަކީ ހަގީގަތެއް” ވަރުގަދަ މެސެޖް އަކާއެކު ސިމްބޮލިކްގެ “ނުއެއްފެނޭ” ރިލީޒް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް އަށް ފަރުވާކުޑަ ނުކުރުމަށް އިލްތިމާސް ކުރަމުން ދިވެހި ރާއްޖޭގެ ރެޕްގެ ލަސްކަރު ސިމްބޮލިކް ރިކޯޑްސް އިން “ނުއެއްފެނޭ” ގެ ނަމުގައި ވީޑިއޯ ލަވައެއް މިއަދު ރިލީޒް ކޮށްފިއެވެ.

ކޮވިޑް އިން ރައްކާތެރި ކުރުމުގެ މުހިންމު ކަން އަންގައިދޭ ނުވަތަ ކޮވިޑް 19 އަށް ފަރުވާ ކުޑަނުކުރުމަށް އިލްތިމާސް ކުރާ މިލަވަ ކިޔާފައިވަނީ ރައިޑޭ, ޓޯއީ އަދި ޕެސްޓުއެވެ.

ސިމްބޮލިކް ގެ ލަވަކިޔުންތެރިޔާ ޓޯއީ ” ސަންގަށް” ބުނީ މިލަވައިން ދޭން ބޭނުންވާ މެސެޖް އަކީ ޒުވާނުންނަށް ބަލީގެ ނުރައްކާތެރިކަން އަންގައި ދިނުން ކަމަށެވެ.

” އަސްލު ޒުވާނުން އެބަ ވިސްނަންޖެހޭ ކޮފީ ތަކަށާއި ތަންތަނަށް ގޮއްސަ ގެޔައް އަންނައިރު ދެން ގޭގައި ތިބޭ އެހެން މީހުން ނުނީ ބަލީގެ ރިސްކު ބޮޑު މީހުންނަށް ވެސް މި ބަލި ޖެހިދާނެކަން, އެއީވެސް މި ލަވައިން ދޭން ބޭނުންވާ މެސެޖް އެއް ” ޓޯއީ ބުންޏެވެ.

ޓޯއީ އިތުރަށް ބުނީ, ފަރުވާކުނޑަ ނުކޮށް މި ބައްޔަކީ ސީރިއަސް ނުރައްކާތެރި ބައްޔެއް ކަން އާންމުންނަށް އަންގައިދިނުމަކީ ވެސް ލަވައިން ދޭން ބޭނުންވާ ވަރަށް ބޮޑު މެސެޖް އެއް ކަމަށެވެ.

މިލަވަ މިހާރު ސިމްބޮލިކް ރިކޯޑްސް ގެ ޔޫޓިއުބް ޗެނަލް އިން ބަލާލެވޭނެއެވެ.

 

 

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: