ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޖާބިރު އުޅުއްވަނީ ބާ ބޯޓުގަނޑެއް ފަސްލައްކައަށް އިންޝުއަރ ކުރަން، ޝަރީފް މަޖިލީހަށް ވަޑައިގަންނަވަނީ މަސްތުވެގެން”

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އިންޝުއަރަންސްގެ ކަންތަކުގައި ދިމާވެފައިވާ މައްސަަލައަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދިމާވެފައިވާފަދަ މައްސަލަތައްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޝުއަރަންސްގެ ބިލަށް ބަހުސްކުރެއްވުމަށް މިއަދުގެ ޖަލްސާގައި ހުޅުވާލި ފުރުސަތުގައި މެމްބަރު ޖާބިރު ފުރުސަތަކަށް އެދިވަދައިގަތުމުން މެމްބަރު ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މެމްބަރު ޖާބިރު މިބިލަށް ބަހުސްކުރައްވާ ހަތަރުވަނަ ނުވަތަ ފަސްވަނަ ފަހަރުކަމަށް ވިދާޅުވިއެވެ. އަދި ދިމާވެގެން އުޅޭ މައްސަލައަކީ އެއްލައްކައަށް އަގު އަރާވަރުގެ ބާ ބޯޓުގަނޑެއް ފަސްލައްކައަށް އިންޝުއަކުރުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށް ވިދާޅުވިއެވެ.

މެމްބަރު ޝަރީފް މިހެން ވިދާޅުވުމާއި ގުޅިގެން މެމްބަރު ޖާބިރު ކޯފާ އިސްކުރައްވައި ޝަރީފާއި ދޭތެރޭ މިހާރު ކަންކުރަންވީ ގޮތެއް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އިންޝުއަރަންސްގެ ބިލެއް އަންނައިރު ދައްކަންޖެހޭ ކިތަންމެ ވާހަކައެއް ހުންނާނެ ކަމަށެވެ. އަދި މަޖިލީހުގައި އެކަކު އަނެކަކާއި ޒާތީ ގޮތުން ވިއްދުމާއި އިންޝުއަރަންސްގެ ބިލާއި ގުޅުމެއްވާ ކަމަށާއި އެއް މެމްބަރެއްގެ ކިބައިން އަނެއް މެމްބަރަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އިންޝުއަރަންސް ހޯދަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޝުއަރަންސް އެކި ކުންފުނިތައް ހުރިކަމުގައިވިޔަސް ރާއްޖޭގެ ޒަމާންވީ ކުންފުންޏަކީ އިންޝުއަރަންސް ކުންފުންޏަކީ އެލައިޑް އިންޝުއަރަންސްކަމަށް ވިދާޅުވިއެވެ. އަދި ޓުއަރިޒްމް މިނިސްޓްރީގެ އުސޫލުތަކުގައި ވާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ހުރިހާ މުދަލަކާއި ތަންތަން އިންޝުއަ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ، ރާއްޖޭގެ ނާތަހުޒީބުކަމުގެ ސަބަބުން މުދާ ވިޔަސް، ރިޒޯޓުވިޔަސް އަދި ރަށްތަކަކީވެސް ދައުލަތުގެ ތަކެތިކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އިންޝުއަކުރަންޖެހޭނެކަން އުސޫލުގައިވާ ގޮތަށް އެކަން ރެގިޔުލޭޓްކުރުމަކީވެސް ކުރަންޖެހޭނެ ކަމެއް. އިންޝުއަރަންސް ކުންފުނިތަކުގެ އެހީއަށް އެދޭނީ އަވަސް ހައްލެއް ބޭނުންވާތީ

މެމްބަރު ޝަރީފް ވާހަކަދައްކަވަން ފެށުމުން ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައި މެމްބަރު ޝަރީފަކީ ސިކުނޑި ހަމަޖެހޭ މީހެއްތޯ ބަލަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މެމްބަރު ޝަރީފްގެ ސިކުނޑީގެ ޓެސްޓެއް ހދުމަށް މަރަދޫގެ ރައްޔިތުންގެ ކިބައިން ޖާބިރު އެދިވަޑައިގެންނެވިއެވެ.

ޖާބިރުގެ ވާހަކަތަކަށް ރައްދުދެއްވައި ޝަރީފް ވިދާޅުވީ އެބޭފުޅާއަކީ މަސްތުގެ ހާލަތުގައި މަޖިލީހަށް އަންނަ މީހެއްނޫން ކަމަށެވެ. އަދި ރާބޮއެގެން ވަސް ދުއްވަމުން މަޖިލީހަށް އަންނަ މީހެއްވެސް ނޫން ކަމަށާއި އެކަން މަޖިޅީހުގެ މެމްބަރުންނަށް ސާފުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 47%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 11%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: