ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯޝަލް ސްކީމްގެ ދަށުން މީހުންނަށް ދޭ އެލަވެންސްގެ ރިވިއުއެއް ހަދަނީ

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން (އެލަވަންސް)ގެ ރިވިއުއެއް ހަދަން ނިންމައިފިއެވެ.

އ.ދގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ބައްދަލުވުމުގައި، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާ މަސައްކަތްތަުގެ މައުލޫމާތު ޙިއްސާކުރައްވަމުން، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވެންސްގެ ފައިދާ ކުރާ މިންވަރު ދެނެގަތުމަށް ރިވިއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެ ރިވިއުގެ ތެރެއިން، ރާއްޖޭގައި ހަވާސާވެފައިވާ ފަރާތްތަކާއި، ނުރައްކަލަށް ހުށަހެޅިދާނެ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބޭތޯ ވެސް ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވޑް-19 އާއި ގުޅިގެން ގޭގައި ފުރަބަންދުވުމުން ގެވެށި އަނިޔާގެ މައްސަލަތަކަށް އަންހެނުންނަށް ހުށަހެޅުނު މިންވަރު އިތުރުވި ކަމަށާ، އެކަމާއި ގުޅުން ހުރި އިދާރާތަކުން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް އެކަމަނާ ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: