ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހިންގުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ ތުހުމަތު މިނިސްޓަރު އަސްލަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލް ކުރައްވާ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅެ ނުފޫޒުން ބައެއް މަޝްރޫއުތައް އަވަސް ކުރާ ކަމުގެ ތުހުމަތު ހައުސިންގް އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމަށް މިއަދު މަޖިލީހުގެ ޖަލްސާގައި އަމާޒުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ އަސްލަމް ހާޒިރު ކުރެއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖް ހުށަހަޅުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވަނިކޮށް، ބަޖެޓުގައި ނުހިމެނޭ ރ. ދުވާފަރު މަގު ހެދުމުގެ ދެ ވަނަ ފިޔަވަހި 37.8 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށްފަހު ހަވާލުކޮށްފައިވާނީ ކީއްވެތީ ސިރާޖު ސުވާލު ކުރެއްވިއެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ފަހުން ސޮއިކުރެވުނު ދުވާފަރު މަޝްރޫއަކީ އާ މަޝްރޫއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ސޮއިކުރެވުނު މަޝްރޫއެއްގައި އިތުރު މަސައްކަތެއް ހިމެނުމަށް ހަވާލު ކުރެވުނީ ކަމަށެވެ.

ނަމަވެސް، މިނިސްޓަރު ދެއްވި ޖަވާބު ބަލައިނުގަނެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފޮނަދޫ އަދި ދުވާފަރުގެ މަގު ހެދުމަށް 19 މިލިއަނެއްހާ ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އެއް ރަށެއްގައި 37 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްގެން މަޝްރޫއު ކުރިއަށް ގެންދިއުމަކީ ވޭރިއޭޝަންއެކޭ ބުނެ ފަރުޖައްސާލެވޭނެ ކަމެއް ނޫން ކަމަށެވެ.

އަސްލަމް މި ގޮތަށް ވިދާޅުވިއިރު އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ބައެއް އެހެން މެންބަރުން ވަނީ ބަޖެޓްގައި ނެތް ކަމެއް މަޝްރޫއެއްގެ ތެރެއަށް އިތުރު ކުރަން ނިންމުމުންނާއި އެ މެންބަރުންގެ ދާއިރާގައި ހުރި ކަންކަން ކުރިއަށް ނުދާ ކަމުގެ ޝަކުވާ އުފުލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: