ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޫޓް ފިހާރައިގެ ފައިސާތައް ސަލާމަތްކޮށްދިން ގާޑަށް 50،000 ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އާދީއްތަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މީހުން ހުއްޓުވި އެ ބޭންކުގެ ސެކިއުރިޓީ ގާޑަށް އެ ފިހާރައިގެ ފަރާތުން 50،000 ރުފިޔާ މިއަދު ދީފިއެވެ.

އެމިއަދު ހަވީރު ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި، ފައިސާތައް ސަލާމަތްކޮށްދިން ފަރާތްތަކަށް ވަނީ، ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދީފައެވެ. އެގޮތުން ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީ ގާޑަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ރޫޓް ފިހާރައިގެ ތިން މުވައްޒަފުންނަށް ވަނީ 10،000 ރުފިޔާ ދީފައެވެ.

އެފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރޫޓް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިގްއެވެ.

ފުލުހުން މިހާރު ވަނީ ފައިސާތައް ފޭރެން އަމަލީ ގޮތުން މަސައްކަތް ކުރި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައެވެ.

 

ވަރަށް ގަދަ
76%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: