ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީ މިވަގުތު އޮތީ މާލޭގައި، އަންނަ މަހު އަންނާނެ: އަމްރު

އެސްޓީއޯގެ އެމްޑީ ޙުސެއިން އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރަން ފަށާފައިވާ ކާގޯ ބޯޓު “ޗޮކުން” ގޮސްފައިވާ ކަމަށް ބުނެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި ވާހަކަތަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރައްދު ދެއްވައިފިއެވެ.

އެ ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. ކުޅުދުއްފުއްޓަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ.

އެ ބޯޓުގެ ހަބަރެއް މިމަހު ނުވާ ކަމަށް ވިދާޅުވެ، އެ ބޯޓު “ޗޮކުން” ދިޔައީތޯ ޓުވިޓާގައި ނިހާން ކުރެއްވި ސުވާލަށް ރައްދުދެއްވަމުން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބޯޓު މިވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުން އަންނަ ކަމަށާއި ދެން އެނބުރި އިންޑިއާއަށް ދިއުމަށްފަހު އެނބުރި އަންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

“ކާގޯ ފެރީން މުދާ ގެންނަން ބޭނުން ވަނީތޯ” އަމްރު ނިހާން އާއި ސުވާލު ކުރައްވަމުން ވިދާޅުވިއެވެ.

ކޮވިން ފެރީއަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: