ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ބާރުތަކާއިއެކުވެސް ރިޔާސީ ކޮމިޝަންތަކަށް ކުރެވުނު ހަމަ އެއްކަމެއް ވެސް ނެތް!

ރިޔާސީ ކޮމިޝަން އުފެއްދެވުމަށް ފަހު ކޮމިޝަނާއިއެކު ރައީސް ސާލިޙް ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި އިބްރާހިމް މުހައްމަދު ސާލިޙް ހަވާލުވެ ވަޑައިގަތުމަށް އެމަނިކުފާންގެ ކެބިނެޓް އެކުލަވައިލުމަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވައގެން ކުރެއްވި މަސައްކަތަކީ ރިޔާސީ ދެ ކޮމިޝަނެއް އުފައްވައި އެ ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރެއްވުމެވެ.

އެގޮތުން ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް ސާލިޙް އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަންއާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް  އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންއެވެ.

ރިޔާސީ ކޮކިޝަންތައް އުފެއްދެވުމަށް ސަރުކާރުން ބުނީ ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ހަލުވި ކަމާއިއެކު މައްސަލަތައް ތަހުގީގުކޮށް އިންސާފް ގާއިމް ކޮށްދެވެނީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދީގެން ކަމަށެވެ. އެކަމަށްޓަކައި ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނެއް ވުޖޫދު ކުރުމަށްޓަކައި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ސާލިހުގެ ސަރުކާރަށް މެޖޯރިޓީ ލިބިފައި ނުވުމުން އެ ބިލް ފާސް ކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރުމާއިއެކު ރައީސް ސާލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ވެސް މަޖިލީހުން ފާސް ކުރުވި ބިލަކީ ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ލިބޮދޭ ގޮތަށް ހުށަހެޅި ބިލް ފާސް ކުރުމެވެ.

އެހެން ކަމުން ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަށް ނޮވެންބަރު މަހުގެ 17 ދުވަހު ދެ އަހަރު ފުރޭއިރު ރިޔާސީ ކޮމިޝަންތަކަށް ނަތީޖާއެއް ނެރެވިފައި ނުވާއިރު ކޮމިޝަންތަކަށް ދީފައިވާ ގާނޫނީ ބޮޑެތި ބާރުތަކަށް ބަލައިލުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

ރިޔާސީ ކޮމިޝަންގެ ތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ގާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކޮމިށަންތަކުގެ މަސްއޫލިއްޔަތުތައް އެކަށައެޅޭ ގޮތާއި، އެ ކޮމިޝަންތަކުގެ ބާރުތަކާއި، މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެގާނޫނެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބާރުތަކާއި ބެހޭ ގޮތުން ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އަދި ކޮމިށަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުންކަމަށާއި،  ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި،ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދޭނެ ކަމަށެވެ. ހަމައެހެންމެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުން؛ އަދި މިގޮތުން ކޮމިށަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަންޖެހިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ވެސް ރިޔާސީ ކޮމިޝަންތަކަށް ބޭނުން ކުރެވޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. މީގެއިތުރުން  އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މިފަދަ އަމުރު ތަންފީޒުކޮށްދޭން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރިޔާސީ ކޮމިޝަންގެ ގާނޫނުން އެ ކޮމިޝަންތަކުން ކުރަމުންދާ ތަހުގީގުތަކަށް މީހުން ހާޒިރު ކުރުމާއި ހެކި ހޯދުމަސް ކުރެވޭ މަސައްކަތްތަކަށް ވެސް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.

އެގޮތުން ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހާސިރުކުރަންޖެހޭކަމަށް ކޮމިށަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިށަނަށް ހާސިރުކޮށް ސުވާލުކުރުމާއި، ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. އަދި ރިޔާސީ ކޮމިޝަނުން އަންގާ އެންގުމަކަށް ތަބާ ނުވެއްޖެނަމަ އެކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ ކޮމިޝަންތަކަށް ދިވެހި ފުލުހުންނަށާއި ޕީޖީއާއި އަދި އޭސީސީއަސް ދީފައިވާ ބާރުތަކަށް ވުރެ ބޮޑެތި ބާރުތަކެއް ދީފައިވާއިރުވެސް ރިޔާސީ ކޮމިޝަންތަކަށް މިހާތަނަސް ރައްޔިތުންނަށް އިތުބާރު ކުރެވޭނެ ނަތީޛާއެއް ނެރެވިފައެއް ނުވެއެވެ. އަދި ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވި މައްސަލައަކީ ވެސް ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް މައްސަލައެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.

އެހެން ކަމުން ހަގީގަތުގައި ރިުާސީ ކޮމިޝަންތަކަކީ ރައްޔިތުންގެ ލޮލުގައި އެޅުވި ބޮޑު އަނދުނެކެވެ. ބޭކާރު ތަންތަނެވެ. ދެ އަހަރު ދުވަސް ވެގެން ދިޔައިރު ފެށި އެއްވެސް ތަހުގީގެއް ރުފިހަމަ ކުރެވިފައެއް ނުވެއެވެ. އަދި ކުރެވޭނެ ކަމުގެ އުންމީދެއް ވެސް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: