ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ހުށަހެޅި އިސްލާހުގެ ސަބަބުން ގިނަ ކުޅިވަރުން ރާއްޖެ ސަސްޕެންޑް ކުރާނެ: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު ވިދާޅުވީ، ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށާއި، ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަގުވާމީ އިދާރާތަކުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މަހުލޫފް ވިދާޅުވިއެވެ. ނަމަވެސް ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރުގެ ގާނޫނަށް ހަސަން އިސްލާހު ހުށަހެޅުއްވި މަގުސަދު ތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުަގއި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ.

އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމް ކުރުން ހިމެނޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: