ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮމްޕެއޯ މަސައްކަތް ކުރެއްވީ ރާއްޖެ-ޗައިނާ ގުޅުން ގޯސްކުރަން: ޗައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ޗައިނާ-ރާއްޖެ ގުޅުމަށް ބުރޫ އަރުވަން މަސައްކަތް ކުރެއްވި ކަމަށް ޗައިނާ އިން ތުހުމަތުކޮށްފިއެވެ.

ޕޮމްޕެއޯ ޗައިނާއަށް ފާޑުވިދާޅުވެފައި ވަނީ، އިއްޔެ އޭނާ ރާއްޖެ ވަޑައިގެން ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޭނާ ބޮޑަށް ފާޑުވިދާޅުވެފައި ވަނީ ޗައިނާގެ ހާރިޖީ ސިޔާސަތުތަކާއި، އިގްތިސާދީ ސިޔާސަތުތަކާއި، ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތު ތަކަށެެވެ.

މިވާހަކަތަކާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮމްޕިއޯ ދަނީ އޭނާ ދަތުރުކުރައްވާ ކޮންމެ ޤައުމެއްގައި ޗައިނާއާ ދެކޮޅު، ހަގީގަތެއް ނުހިފޭ ވާހަކަތައް ފަތުރަމުން ކަމަށެވެ.

އެވާހަކަތަކަކީ ޗައިނާ އާއި އެމެރިކާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުމެއްގެ ސަބަބުން، އެހެން ޤައުމުތަކާއި ވެސް ޗައިނާއާ ދޭތެރެ ޖެއްސުމުގެ ގޮތުން ޕޮމްޕިއޯ ފަތުރަމުން ގެންދާ ވާހަކަތަކެއްކަން ވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެމެރިކާގެ އެޢަމަލު ޗައިނާއިން ވަނީ ކުށްވެރި ކޮށްފައެވެ.

“ކޮމިއުނިޓީ ޕާޓީ އޮފް ޗައިނާ (ސީޕީސީ) އިން ވެރިކަން ކުރަމުންދާ ޗައިނާގެ ދިދަ ފަޚުރުވެރިކަމާއެކު ވިހުރެމުންދަނީ އެހެން ޤައުމުތަކާއެކު އޮންނަ ސުލްޙަވެރިކަމަށާއި، ތަރައްގީ އާއި ގުޅުން ބަދަހި ކުރުމާއި، އެ ޤައުމަކަށް ވެސް ފައިދާވާނެ ގޮތްގޮތަށް ޢަމަލު ކުރަމުންދާ ޤައުމެއްގެ ގޮތުގައި. އަދި ދުނިޔޭގެ ތަރައްޤީ އަށް ވެސް ޗައިނާއިން މުހިންމު ދައުރެއް އަދާކުރޭ” ޗައިނާ އެމްބަސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ސީޕީސީ އަށް ޗައިނާ ރައްޔިތުން ކުރާ އިތުބާރު ވެސް 93 އިންސައްތައަށްވުރެ ބޮޑު ކަމަށް، ބައިނަލް އަގުވާމީ ދިރާސާތަކުން ވެސް ދައްކާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: