ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން 34 ޖަމިއްޔާއަކުން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ނަބިއްޔާ ﷺ އަށް ފަރަންސޭސިވިލާތުން ފުރައްސާރަ ކުރަމުންދާތީ އެގައުމުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް 34 މަދަނީ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

މަދަނީ ޖަމްޢިއްޔާތަކުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުންކަމަށާއި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިޑި ހުތުރު ޢަމަލެއް ކަމަށެވެ.

ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ އަމަލު ކުށްވެރިކުރުމަށް ދިވެހިން އަވަސްވެ ގަންނަން ޖެހޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

މިއަދުވެސް ދުނިޔޭގައި ތިބި އެންމެ ބޮޑެތި ކުފުރުގެ ލީޑަރުން ވެސް އިޚްތިޔާރުކޮށްފައި އެވަނީ ކައުނަބިއްޔާއަށް ފުރައްސާރަކޮށްގެން އިސްލާމްދީނާއި ދީނުގެ އަހުލުވެރީންނަށް އިހާނެތިކޮށް ނިކަމެތިކޮށްލެވިދާނެކަމުގެ ބޯދާ ވިސްނުން ކަމަށްވެސްސ ބަޔާނުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: