ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްދޫގައި ހަތިޔާރާއެކު ސިފައިން ތަމްރީނެއް ކުރިޔަށް ގެންދަނީ

ސިފައިންގެ ތަމްރީނުތަކެއްގެތެރެއިން.ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރާއެކު ލ.ކައްދޫގައި އަންނަ ހޮނިހިރު ދުވަހު ސިފައިން ތަމްރީނުތަކެއް ކުރިޔަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ތަމްރީންތަކަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ.

ތަމްރީން ކުރިޔަށް ގެންދާނީ އިރު އޮއްސި 6:00 އިން ރޭގަނޑު 12:00އާ ހަމައަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ހަތިޔާރުގެ ގޮތުގައި ފިސްތޯލައާއި ރައިފަލްއާއި މެޝިންގަންގެ އިތުރުން ފްލެޔާސް ބޭނުން ކުރާނެއެވެ.

މި ތަމްރީންތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ދުރު މިނަކީ 5،000 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: