ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގެ ގާނޫނަށް އިޞްލާޙް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުޅިވަރު ހިންގުމަށްހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މުހިއްމު ކަންތައްތަކެއް ހިމަނައި ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމަށްވެސް ހިމަނާފައިވާ މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފްއެވެ.

މި ބިލު މަޖިލީހަށް ހުށައެޅުއްވިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ޙަސަން ލަތީފް ވިދާޅުވީ މި ބިލް ޤާނޫނަކަށްވާއިރު ކުޅުންތެރިންނާއި ކުޅިވަރު ހިންގެވުމުގައި ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތައްކަށް ރަނގަޅު ހައްލެއް ހޯދޭނެކަމަށެވެ.

ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ކުޅިވަރާ ބެހޭ މުއައްސަސާތަކުގެ މެދުގައި ހުރި ފުށު އެރުންތަށް ނައްތާލައި އެ މުއައްސަސާތަށް ޑިމޮކްރައިޒްކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ގޮތެއް ގާއިމްކުރުން ކަމަށެވެ. އަދިި ކުޅިވަރުގެ ވަސީލަތްތަށް ބިނާކޮށް ތަރައްގީ ކުރާއިރު އެ ވަސީލަތްތަށް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ކުޅިވަރު ވަސީލަތްތަށް ބެލެހެއްޓުމަށް ދައުލަތަށް މިހާރު އޮތް ބުރަ ކުޑަކުރުން ކަމަށެވެ.

މީގެ އިތުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުންވެސް މި ބިލް ހުށައެޅުމުގެ މަޤްޞަދުތަކުގެތެރޭގައި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: