ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތަށި ފޭބުން ހުއްޓުވުމަށް ފޭރު ފަތް އެހީވެދޭ

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

މޭވާތަކުގެ ތެރެއިން ފޭރަކީ ވެސް އެތައް ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ. އަދި އެއީ ރާއްޖޭގައި ހެދޭ، ދިވެހިންގެ މެދުގައި ވެސް މަގުބޫލު މޭވާއެކެވެ. މޭވާއާ އެއްވަރަށް، ފޭރު ފަތަކީ ވެސް ފައިދާތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ބޭނުންވާ ގިނަ މާއްދާތަކެއް ފޭރު ފަތުގައި ހުރެއެވެ.

ބޮލުގެ އިސްތަށިގަނޑަށް ފޭރު ފަތް ބޭނުންކުރުމުން، އިސްތަށިގަނޑު މަޑުކޮށްދީ އޮފުކަމެއް ގެނެސްދެއެވެ. އިސްތަށިގަނޑު ބޯކޮށްދެއެވެ. ހަކީމީ ބައެއް ޝޭމްޕޫތަކުގައި ފޭތުފަތުގެ ތާސީރު ހިމަނާފައިވަނީ މިހެންވެގެންނެވެ.

ފޭރުފަތުން އިސްތަށި ގަޑަށް ފަރުވާ ހޯދުމަށް ފޭރު ފަތް ރީތިކޮށް ދޮވެލާފައި ހޫނު ފެނުގައި 20 މިނިޓެއްހާ އިރު ކައްކާނީ އެވެ.

ފޭރު ފަތް ކައްކާނީ އިސްތަށިގަނޑަށް ބޭނުން ކުރެވޭ ވަރަށެވެ. އެކަން އަމިއްލަ އަށް ވަަޒަންކޮށްލެވޭނެ އެވެ.

ރަނގަޅަށް ކެކުނީމާ އެއްޗެއްގެ ތެރެއަށް ފެން ފުރާނައިލާށެވެ. ފަތްތައް އުކާލާނީ އެވެ.

މީގައި މުހިއްމު އެއްޗަކީ ފޭރު ފަތުގެ ފެނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފަތުން އުފެދުނު ޓޮނިކެވެ.

އެންމެ ފުރަތަމަ އިސްތަށިގަނޑު ރަނގަޅަށް ޝޭމްޕޫލައިގެން ދޮންނާށެވެ. ދޮތުމަށް ފަހު ކޮންޑިޝަން ކޮށްގެން ނުވާނެއެވެ. އިސްތަށިގަނޑު ދޮތުމަށްފަހު ރަނގަޅަށް ފެން ހިއްކުމަށްފަހު އިސްތަށިގަނޑު ބައި ކޮށްފައި ތައްޔާރު ކުރި ފޭރުފަތުގެ ފެނުން އިސްތަށިގަނޑުގެ ހުރިހާ ބައެއްގެ ބުޑާއެކު ތެންމާލާމުން، މަސާޖު ކުރުމަށްފަހު 10 މިނެޓްވަންދެން ބަހައްޓާށެވެ. ބޭނުމިއްޔާ  މިފެން  2 ގަޑިއިރު ނޫނީ އޯވަނައިޓް ކޮށް ވެސް އިސްތަށިގަނޑުގައި އުނގުޅާފައި ބެހެއްޓިދާނެއެވެ. ގިނައިރު ހުންނަން ބޭނުން ނަމަ ތުވާއްޔަކުން އިސްތަށިގަނޑު  ބަންދުކޮށްފައި ބެހެއްޓުން ރަނގަޅެވެ. އެއަށްފަހު ތާފަނާ  ފެނުން ބޯދޮންނާށެވެ.

ފޭރުފަތުން އިސްތަށިގަނޑުގެ މައްސަލަތައް ހައްލު ކޮށްދިނުމުގެ އިތުރުން  އޭގެއިން ސިއްޚީ ބައެއް އެހެން މައްސަލަަތައް ހައްލުކޮށްދޭ ކަމަށް  ސިއްޚީ މާހިރުން ބުނެއެވެ. ފޭރުފަތަކީ ޒަމާނުއްސުރެ ބޭސްވެރިކަމުގައި ބޭނުން ކުރަމުން އަންނަ ފަތެއްކަން ފާހަނގަކޮށްލެވެއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: