ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑުއަތޮޅާއި ފުވައްމުލައް، ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައިފި

އައްޑޫގެ ހެރެތެރެ ރިސޯޓުން ފިލާފައިވަނީ ފަސް މީހެއް - ފޮޓޯ: ޓްރިފް އެޑްވައިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

އައްޑުއަތޮޅާއި ފުވައްމުލަކު އަތޮޅު، ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ޔުނެސްކޯ އިން ކަނޑައަޅައިފިއެވެ.

ބައިނަލްއަޤުވާމީ ޖަމްޢިއްޔާ އެއް ކަމަށްވާ ބަޔޮސްފިއަރ ރިޒާވަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ތިމާވެށީގެ ގޮތުން ފާހަގަ ކޮށްލެވޭ، ބަލަހައްޓައި، ދަމަހައްޓައި، ހިމާޔަތް ކުރުން މުހިންމު، އެތަންތަނުން އެ ސަރަހައްދުތަކުގައި އުޅޭ ދިރުންތަކަށް ފައިދާ ލިބޭ ތަންތަނުގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށް ދެވޭ ލަޤަބެކެވެ.

އަދި މިތަންތަނަކީ މިތަންތަނުގެ ދިރާސާ ކުރެވި، އެއިން ދުނިޔެވީ މައްސަލަތަކަށް ސަރަހައްދީ ނުވަތަ އަތޮޅު ފެންވަރެއްގައި ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް ބޭނުން ކުރެވިދާނެ ތަންތަނެވެ.

މިއަދު ވީޑިއޯ ކޮންފަރެންސު މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި 100 ވަރަކަށް ގައުމަކަށް ތިމާވެށި ރައްކާތެރިކޮށް ބަލަހައްޓާ ތަންތަނަށް ބަޔޮސްފިއާގެ ލަގަބު ވަނީ އަރުވާފައެވެ.

އައްޑޫ އާއި ފުއްވައްމުލަކަށް މިލަގަބު ލިބުމާއެކު ރާއްޖޭގައި މިހާރު ބާ އަތޮޅު ލައިގެން ތިން ބަޔޮސްފިއާ އޮންނާނެއެވެ.

ރައީސް އޮފީހުން ކުރިން ވިދާޅުވީ، މި ދެ އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށެވެ.

އެގޮތުން މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމާއެކު މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: