އައްޑޫ ސިޓީގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ނިންމައިފިއެވެ.
އައްޑޫ ކައުންސިލުން ބުނީ ބިދޭސީންނަށް ލައިސަންސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގައިވާ ކަންކަން ފުރިހަމަވުމުން ކަމަށެވެ.
އަދި ލައިސަންސް ދޫކުރެވޭނީ ބާއްވާ ތިޔަރީ އަދި ޑްރައިވިންގް އިމްތިޙާނުން ފާސްވުމުން ކަމަށްވެސް ބުނެފައިވެއެވެ.
އައްޑޫގައި ދިރިއުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނެގުމަށް އަދި ކެޓަގަރީ އިތުރުކުރުމުގެ ޚިދުމަތަށް އެދި އިދާރާއަށް އަންނަ މަހުން ފެށިގެން ހުށަހެޅޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
One Response
ތިދެންމިހާރުނުވެ އޮތްކަމަކީ އަދި ދޭނެދިވެހި އައިޑީކާޑުވެސް????