ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު 120,000 އަށް

އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް ނެރެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު 120,000 އަށް އަރައިފިއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި އިންޑިއާއިން އިއްޔެ އެކަނިވެސް 519 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 42,965 މީހަކަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ.

މިއާއެކު އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7.9 މިލިއަނަށް އަރާފައެވެ.

ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާއިރު މިވަގުތު ދުނިޔޭގައި އެންމެ ހާލު ގޯސްވެފާ ޤައުމަކީ އިންޑިއާއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 7.2 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 611,605 މީހަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: