ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނުތައް ނުދެއްކުނަސް ހަރުމުދާ ބަލައި ޗައިނާ އިން ނާންނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ލޯނުތައް މެދުވެރިކޮށް އަޅާފައިވާ އުމްރާނީ ތަރައްގީގެ ހަރު މުދާތައް ބަލައި ޗައިނާއިން ރާއްޖެއަށް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން މަޖިލީހުން އެކުލަވާލި ރިޕޯޓުގެ ބަހުސްގެ މެދުތެރެއިން ނަޝީދު ވިދާޅުވީ މަޖިލީހުން ސަރުކާރަށް ލަފާ ދެއްވަނީ ކުރިން ޝެޑިއުލްކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރަނި ނުދެއްކޭނަމަ އެކަން ގައުމުތަކަށާއި އެގައުމުތަކުގެ ބޭންކުތަކަށް އަންގަމުންދިޔުމަން ކަމަށެވެ.

ރައީސް ނަޝީިދު މިއަދު ވިދާޅުވީ މީގެ ކުރީގެ ގަރުނުތަކުގައި ދަރަނި އަނބުރާ ނުދެއްކުމުން އެ ގައުމަކަށް ގޮސް ދަރަނިން އުފައްދާފައިވާ ހަރު މުދާ ނަގައިގެން ގެންގޮސްފައި އެބަ ހުރި ކަމަށެވެ. އެކަމަކު މި ގަރުނުގައި ދަރަނި ހޯދުމަށް ދޭދޭ ގައުމުތަކުގައި އެފަދަ އަމަލެއް ނުހިނގާ ކަމަށާއި ޗައިނާއިން އެ ކަން ނުކުރާނެ ކަމަށެވެ.

އަދި ލޯނު ދެއްކުން ފަސްކުރުމަށް އެދެން ސަރުކާރަށް އިތުުރު ބަޔެއްގެ އިތުބާރު ބޭނުންވާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މި ނޫން ގޮތަކަށް މިކަން ކުރަން އުޅެފިނަމަ ރިސްކު ބޮޑުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: