ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

98 ކިލޯގެ ޑްރަގް މައްސަލާގައި ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިންގި އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ އޮޕަރޭޝަނުގައި 16 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ ދެން ތިބި މީހުން ވަނީ ދޫކޮށްލާފައެވެ.

ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފައިވަނީ ރުޝާން އަހުމަދު ދީދީ އެވެ.

ރުޝާން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ރުޝާންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތާއި، ޒާތަށާއި، މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު އަދި މި މައްސަލައިގައި ރުޝާންގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އޭނާ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވާ އޭނާ ބަންދުން ދޫވުމަކީ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

އެހެންކަމުން އެކަންކަމަށް ރިޔާއަތް ކުރުމަށްފަހު ރުޝާން ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރަށް ބަދަލު ގެނެސް މިއަދުން ފެށިގެން އޭނާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: