ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޑިހުތުރު ބަސްތައް ބޭނުން ކުރި މައްސަލައެއްގައި އަދުރޭގެ މައްޗަށް ދައުވާ ކުރަނީ!

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކްރިމިނަލް ކޯޓު ސަރަހައްދުގައި ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ހަޑިހުތުރު ބަސްތައް ބޭނުންކުރި މައްސަލައެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން އަދުރޭގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާކަން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނ މިއީ ޕީޕީއެމް، ޕީއެންސީގެ މަސައްކަތްތަކަށް ހުރަސްއަޅާ، އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކުރާ ދައުވާއެއް ކަމަށެވެ.

ޕީޕީއެމް، ޕީއެންސީއިން ބުނެފައިވަނީ މިއީ އިދިކޮޅަށް ބިރު ދެއްކުމުގެ ގޮތުން ކުރި ދައުވާއެކެވެ.

ހަޑިހުތުރު ބަސްތައް ބޭނުން ކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއިރު، އޭނާ އަކީ މަޖިލީހުގެ މެމްބަރުކަން އަދާ ކުރެއްވިއިރު ވެސް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވާގަޑިތަކުގައި ވެސް އެފަދަ މޭރުމުން ވާހަކަ ދައްކަވާ ބޭފުޅެކެވެ. ސީދާ މަޖިލީހުގެ ތަޅުމުގައި ނޫން ނަމަވެސް އެފަދަ ވީޑިއޯތައް މިދިޔަ ދައުރުގެ ތެރޭގައި ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވ. އަދި ދާދި ފަހުން ވެސް އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ މައްސަލައިގައި ފުލުހަށް ހާޒިރު ކުރުމުން، ލައިވް ކުރަމުން ދިޔަ އެ އިންޓަވިއުގައި ވެސް އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: