ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ރިކޯޑު އަދަދަކަށް ޖެޓު ޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރު ހުޅުވިފަހުން ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ރިކޯޑު އަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ ބޯޑަރު ހުޅުވި ފަހުން އެއާޕޯޓަށް ޖެޓުތައް ޖައްސާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

ބޯޑަރު ހުޅުވި މަހު 28 ޖެޓެއް ރާއްޖެ އައިސްފައިވާއިރު އޯގަސްޓު މަހު 59 ޖެޓު ވަނީ ވީއައިއޭ އަށް ޖައްސައިފައެވެ. ސެޕްޓެމްބަރު މަހު 60 ޖެޓު ޖައްސައިފައިވާއިރު މި މަހުގެ މިހާތަނަށް 126 ޖެޓު ޖައްސައިފައިވެއެވެ.

އެހެންކަމުން މިހާތަނަށް ބޯޑަރު ހުޅުވި ފަހުން 273 ޖެޓު ވީއައިއޭ އަށް ވަނީ ޖައްސައިފައެވެ. ވީއައިއޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގަައި ގާއިމްކޮށްފައިވާ އެއާޕޯޓުތަކަށް ވެސް ޖެޓުތައް ޖައްސާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: