ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޓިކްޓޮކް” ގެ ނަމުގައި ޖިސްމު ނީލަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިޤައުމުގެ ޒުވާނުންނޭވެ!! ލޯބިވާ ދިވެހިންނޭވެ!! ގިނަ ވިއުސް ނުވަތަ ގިނަަ ލައިކްސް ހޯދަން ތިބާގެ މުޅި ޙަޔާތް ބަރުބާދު ނުކުރާށެވެ. ތިޔަ ބަރަހަނާކޮށް ލާ ވީޑިއޯ ތަކުން ތިޔަ ލިބޭ ތަޢުރީފްތަކާއި، ހިތްހަމަ ޖެހުމުން ދުރުވެގަންނާށޭވެ. ހައްޤު ނޫން ތަޢުރީފުތަކުން ކަރުގައި ތިޔަ އެޅިގެންދާ ހާރު، ތިބާއަށް ނޭނގި ހުއްޓާ ކަރަށް ބާރު ކޮށްލާފާނެއެވެ. ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ. ކުޑަ ވަގުތު ކޮޅެއްގެ ހިތްހަމަޖެހުމަށް ތިޔަ ކަޝްފުކުރާ ތިބާގެ އައުރައިން މާދަމާ ގިސްލާން ރޯން ޖެހޭނެއެވެ. އެދުވަހުން އޮންނާނީ ވަގުތު ފާއިތުވެފައެވެ.

ނީލަމަށް ލާފައި އޮންނަ އެއްޗެއް އަގު ހެޔޮވީމާ، އެއެއްޗެއް ވަގުތީ ގޮތުން ބޭނުން ކޮށްލަން ގަންނަ މީހުން ގިނަ ވެދާނެއެވެ. އެހެނަސް އޭގެ ދަރަޖައަކީ ކޮބާ ހެއްޔެވެ؟ އޭގެ މޮޅު ކަމަކީ ކޮބާ ހެއްޔެވެ؟

އެކުވެރިޔާ އެވެ. މީހުން ބުނާތީ އަހަމެވެ. ”މަލެއްގައި ވިއްޔާ ވަހެއް ހުންނާނެ” އެވެ؟ މި ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟ ތިބާ މި ބަހާ މެދުގައި ވިސްނައިލީމުހެއްޔެވެ؟

ރަޙްމަތްތެރިޔާ އެވެ! ފިނިފެންމަލެއްގެ ފިޔަތަށް ނާޒުކެވެ. އޭން ލިއްބައިދޭ މީރުވަހެވެ. އެ ވަހުގެ ހިތްގައިމުކަމެވެ. ގަހުގައި އިންނަ އިރުވެސް އަންނަ ވައިރޯޅިޔާއެކު އަތްއަތަށް ހެލިލާ ފަރިކަމެވެ. އޭގައި ދިރުމެއްވެ އެވެ. . މަލުގެ ވަހުގެ ވާހަކަ ތަކުރާރު ކޮށްލަމެވެ. އޭގެ ވަހުގައި މީރުކަމެއް ވެ އެވެ. ހުވަނދުކަމެއް ވެ އެވެ. ޢަބީރެއް ވެ އެވެ. މަލެއްގައި ނަމަ ވަހެއް ހުންނަން ޖެހޭނެ އޭ އެ ބުނާ ބަހުގެ މާނައަކީ މިއީކަން ކަށަވަރެވެ. ފަހަރެއްގައި ވެސް އެއީ ކޮންމެ ކޮންމެ ޒަވި ވަހެއްގެ ވާހަކައެއް ނޫނެވެ.

އަންހެނެއްގެ މިސާލަކީ ފިނިފެންމަލެއްގެ މިސާލެވެ. އެމަލުގެ ވަށައިގެން ހުރި ކަށިތަކާއި ފަތްތައް އެމަލަށް ޢިނާޔަތްތެރިވެ، ޙިމާޔަތްދެއެވެ. އެމަލުގެ އަގު ބޮޑުވާނެއެވެ. އެމަލުން ދުވާނީ މީރުވަހެވެ. އެއީ އަގެއްހުރި މަލެކެވެ. އެމާ ލިބޭނީވެސް އުދަގުލުންނެވެ. އެމާ ލިބޭނީ ޙަޤީޤީ ބާއްޖަވެރިންނަށެވެ.

ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ

ހީލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ

ފީނަމުން ނެގުމުން އެއަގުނާރާނެ ރަންމުތަކީ ކޮބާ

ދީނުގައި ލޮބުވެތިވި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ

އެކުވެރިޔާއެވެ. ނީލަމެއްގައި އޮންނަ ފިނިފެންމަލެއްގެ އިއްޒަތެއް އޮންނާނެ ހެއްޔެވެ.؟ ހީލަމުން އެންމެން އެއަށް ބަލާނަމަ އޭގެ ހުރުމަތަކީ ކޮބާ ހެއްޔެވެ؟

ހަމަ މި ބީދާން، ތިބާގެ ވަނާތަށް ނީލަމަށް ދޫކޮށްލާއިރު، ތިބާގެ އިއްޒަތެއް އޮންނާނެ ހެއްޔެވެ .ވިސްނާލާށެވެ. ހީލަމުން ތިބާގެ ވަނާތަކަށް އެއްމެން ބަލާނަމަ އޭގެ ހުރުމަތަކީ ކޮބާ ހެއްޔެވެ. “ޓިކް ޓޮކް” އަކީ ޖިސްމު ނީލަން ކިޔަން ތިބާޔަށް ލިބުނު ހަދިޔާއަކަށް ނުހަދާށެވެ.

ވަރަށް ގަދަ
72%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: