ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފި

އިލެކްޝަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެންނަ އިސްލާހުތަކުގެ ޑްރާފްޓެއް ތައްޔާރުކޮށް ބަންޑާރަނަިއބުގެ އޮފީހަސް މިއަދު ފޮނުވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓެއް އީސީން ތައްޔާރުކޮށް ބަންޑާރަނައިބުގެ އޮފީހަށް  ފޮނުވާފައިވާއިރު އެ ޑްރާފްޓު ތައްޔާރުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާއިއެކު އީސީން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން އިސްލާހު ހުށަހަޅާފައިވާއިރު ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ބޭނުންވާ ކަމަށާއި އެ ކުރިއެރުން ލިބޭނީ މިހާރު އަމަލު ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ދުވަސްވަރު އަމަލު ކުރަމުންދިޔަ ސިޔާސީ ޕާޓީތަކުގެ ގަވާއިދު އަސްލަކަށް ބަލައިގެން ހަދާފައިވާ ގާނޫނެކެވެ.

އެހެން ކަމުން މިހާރުގެ ހާލަތަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރެއެވެ. ހާއްސަކޮށް ކޮމިޝަނުން ސިޔާސީ ޕާޓީތައް ބެލެހެއްޓުމުގައި ހޯދަން ބޭނުންވާ ކުރިއެރުން ލިބޭނީ ސިުާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޗަރީފް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވި ގޮތުގައި ކޮންމެ ކަމަކަށް ވެސް ކުރިއެރުން އަންނާނީ އެ ކަމަކަށް ވަގުތާއި ހާލަތާއި އެއްގޮތްވާ ގޮތުގެ މަތިން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެންނެވެ. އެގޮތުން މާޒީގެ ތަޖުރިބާއަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނަސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެންމެ ފުރަތަމަ ގެންނަން ޖެހޭ ބަދަލަކީ ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި މޮނިޓަރ ކުރުމުގެ ބާރު އޮތް ފަރާތަކީ އިލެކްޝަންސް ކިމިޝަންކަން ގާނޫނުގައި ކަނޑައެޅުމެވެ. ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމާ ބައެއް ނިންމުންތަކާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ކޯޓަށް މައްސަލަ ހުށަހަޅާއިރު އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތްކަން ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށް ބުނެ ޕާޓީތަކުން ކޯޓުގައި ޗެލެންޖް ކުރާކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތް ކަމަށްވަނީ އެކަން ސިޔާސީ ޕާޓީތަކުން ގަބޫލުކުރާ ހާލަތުގައި ކަމަށާއި އެހެން ކަމުން ގާނޫނުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި އޮންނަން ޖެހޭކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މައްޗަށް ކޮމިޝަންގެ ގާނޫނީ ބާރު އޮންނަނީ ޕާޓީތަކުން ކޮމިޝަންގެ އެހީތެރިކަމަސް ބޭނުންވާ ހާލަތުގައި ކަމަށާއި އެކަން އެހެން ދިމާވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބައެއް އިބާރާތްތައް އައިސްފައި ހުންނަ ގޮތުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެންމެ އަވަހަށް ގެންނަން ޖެހޭ އިސްލާހަކީ ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމުގައި އަމަލު ކުރަމުންދާ ގޮތަށެވެ. އެގޮތުން މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތް ގޮތުން ޕާޓީތަކަށް ވަގު ފޯމް ހުށަަހެޅުމުގެ ފުރުސަތު ނުވަތަ އޮޅުވާލައިގެން ޕާޓީއަށް މެމްބަރުން ވެއްދުމުގެ ޖާގަ ލިބިދޭ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަވަސް އިސްލާހުތަކެއް ބޭނުންވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި އެކަން ކުރެވޭނީ ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނީޓަރ ކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކޮމިޝަނަށް ދީގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: