ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ އަށް ތިންވަނަ ކުއާޓާގައި 51 މިލިއަން ރުފިޔާގެ ފައިދާ

އެމްޓީސީސީ--
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީ އަށް ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން މިއަދު އާއްމު ކުރި އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ނުވަ މަސްތެރޭ 140 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވެ އެވެ. މިއީ އެ ކުންފުންޏަށް މި ފަހުގެ ތާރީހުގައި ނުވަ މަސް ތެރޭ އެންމެ ބޮޑު ފައިދާއެއް ލިބުނު ފަހަރެވެ. މި މުއްދަތުގައި އެ ކުންފުނިން 951 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން، އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 36 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ތިންވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ދެވަނަ ކުއާޓާގައި 248 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި އާމްދަނީ ވަނީ 350 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ތިންވަނަ ކުއާޓަރުގައި 60 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނުއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ވަނީ ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 86 މިލިއަން ރުފިޔާއެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 69 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: