ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި އާންމުކޮށްފި

ކުޑަކުދިންތަކެއް ކުޅުމުގައި: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ ޖުވެނައިލް ކޯޓުން އެކުލަވާލައި އާންމުކޮށްފިއެވެ.

ކުޑަކުދިންގެ އަދުލުގެ އަދުލުގެ ގަވާއިދުގެ ނަމުގައި ޖުވެނައިލް ކޯޓުން އެކުލަވާލި ގަވާއިދުގެ މަގުސަދަކީ  ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދޭ ޙައްޤުތައް ލިބިދިނުމާއެކު، )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުއާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ މަފްހޫމާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިން ކަމުގައި ބުނާ ކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަޙުޤީޤު ހިންގުމާއި، ޝަރީޢަތް ހިންގުމުގައި ވެސް ކުޑަކުދިންނާ ރައްޓެހި އަދި އެ ކުދިންނަށް ފަހުމްވާނެ ގޮތްތަކަށް ކަންތައްތައް އިންތިޒާމްކުރުމާއި، ދަޢުވާ އުފުލުމާއި ޝަރީޢަތް ހިންގުމުގައި މުއައްސަސާތަކުގެ މެދުގައި އެއް އުސޫލުތަކެއް ޤާއިމްކުރުމަށް މަގުފަހިކުރުމާއި، އެކަށީގެންވާ އަވަސް ގޮތެއްގައި ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ތުހުމަތުތަކުގެ ތަޙުޤީޤާއި، ދަޢުވާކުރުމާއި ޝަރީޢަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމަކީ މިފަދަ ގަވާއިދެއް އެކުލަވާލުމުގެ އެއް މަގިސަދެވެ.

މީގެއިތުރުން ކުޑަކުދިންނަކީ ޚާއްޞަ އެހީތެރިކަމާއި ރައްކައުތެރިކަން ލިބިދޭންޖެހޭ ބަޔަކަށްވާތީ، ޖިނާއީ ޢަދުލުގެ ހުރިހާ މަރުޙަލާއެއްގައި ވެސް އެ ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، އެ ކުދިންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތެއްގެ މަތިން ޢަމަލުކުރުމަކީ ވެސް މި ގަވާއިދުގެ މަގުސަދެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމަކީ ކުދިން އިޞްލާޙުކޮށް، މުޖުތަމަޢަށް އަނބުރާ ގެނައުމުގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭ ނިޒާމަކަށްވާތީ، އެ ކުދިންގެ އިޞްލާޙީ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމާއި، މި މަސައްކަތުގައި މުއައްސަސާތަކުގެ މެދުގައި އެއް ތަޞައްވުރެއް އޮތުމާއި، މުއައްސަސާތަކުގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް މި ގަވާއިދުގެ ދަށުން މަގުފަހިކުރެވިގެންދާނެއެވެ.

ޖުވެނައިލް ކޯޓުން އެކުލަވާލި މި ގަވާއިދު ހިނގާނީ، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙުޤީޤުކޮށް، އިންސާފުވެރި އަދަބުދީ، އިޞްލާޙުކޮށް، މުޖުތަމަޢަށް އަނބުރާ ގެނައުމުގެ ދާއިރާގެ ތެރޭގައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުށްކުރާ ކުޑަކުދިންގެ މަޢުލޫމާތު ތަޙުޤީޤު މަރުޙަލާގައި ނުވަތަ ދަޢުވާކުރާ މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި، މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކުން ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް، ކުއްޖާގެ މަޞްލަޙަތުގައި މަސައްކަތްކުރާ ފަރާތަކުން ކުއްޖާއާ ގުޅޭ މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި އެ ފަރާތަކަށް އެ މަޢުލޫމާތު ދެވިދާނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: