ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ހަގު އަންބަށް ހެލްތު މިނިސްޓަރުކަން ނުލިބި ސަލާމަތްވީ ކިރިޔާ: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަނގު އަންބަށް ހެލްތު މިނިސްޓަރުކަން ނުލިބި ސަލާމަތްވީ ކިރިޔާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ އަލަށް ހެލްތު މިނިސްޓަރު ކަމަށް އައްޔަނުކުރެއްވި އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ ނަސީމް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުން ޝުކުރު ދަންނަވާ ކަމަށާއި އެއީ ކޮވިޑް-19 ގެ ވެކްސިން ކަމަށެވެ.

“ކިރިޔާ ސަލާމަތްވީ، ގާސިމްގެ ހަނގު އަންބަށް ވަޒީރުކަން ނުލިބި ދިޔަކަން” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓަކަށް އެމްޑީޕީގެ ބޭފުޅަކު އައްޔަން ކުރުމުން އެ ޕާޓީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖާބިރު ވަނީ ޔޫރަޕްގެ އެކި ގައުމުތަކުގެ ފަތުރުވެރިން ވެސް ރާއްޖެ އައުމަށް ދައުވަތު ދެއްވައިފައެވެ. އަދި ކޮވިޑް-19އާ ވެކްސިނާ ގުޅޭ ގޮތުން ރާއްޖޭގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 53%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 2%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: