ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭބަލް ކާރު އެޅުމަކީ ވާނެ ކަމެއް ނޫން، ކުރަން ހެޔޮވާވަރު ކަމެއް ވެސް ނޫން: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގާފަރަ އާއި ކާށިދޫ ގުޅާލުމަށް ކޭބަލް ކާރު އެޅުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ހެޔޮވާވަރު ކަމެއް ވެސް ނޫން ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޖާބިރު ވަނީ ކާށިދޫގެ ކޭބަލް ކާރު އަދި އެއާޕޯޓުގެ މަސައްކަތްތައް ޕްލޭނިންގެ ތެރެއަށް ނުލައި އުޅެނީ ކީއްވެތޯ މިނިސްޓަރު އަސްލަމްއާ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޭބަލް ކާރުގެ އަޑުއަހާ ކަމަށާއި ނަމަވެސް ކާށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރު އެޅުމަކީ ފައިދާވާނެ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ.

“ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ނަމަވެސް އެއީ ވާނެ ކަމެއް ނޫންކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމަކަށް. އެއީ ކުރަން ހެޔޮވާވަރު ކަމެއް ކަމުގައެއްވެސް.” މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ދެއްވި ޖަވާބާމެދު ނުރުހުންވެ ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރު ވަނީ ޕެރިހުން ލަންޑަށް ކޭބަލް ކާރު ދުއްވާކަން ފާހަގަކޮށް އަސްލަމް މަސައްކަތް ކުރައްވަނީ އޮޅުވާލަން ކަމަށް ވިދާޅުވެފައެވެ. މިވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކާށިދޫއަކީ ޕެރިސްއެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަސްލަމަކީ އެމަގާމަށް ކުފޫހަމަވާ މީހެއްނޫން. ވަގުތުން ވަގުތައް ނޯކޮންފިޑެންސް ވޯޓްނަގައި މަގާމުން ވަކިކުރަންް ގޮވާލަން. އަސްލަމް އިސްތިއުފާ????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: