ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާ އާދައިގެ ކަމެއްގެ ގޮތުގައި އިމްރާން ވިދާޅުން: ޑރ. އިޔާޒާއި، ޒައިދަށް ގޯސްވީ މީޑިއާތައް!

ސަފާރީ ކޭސްއާއި ގުޅުވާ އިމްރާން ދެއްކެވި ވާހަކައަށް ވަނީ ފާޑުކިއުން އަމާޒުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތައް މީޑިއާތަކުން ގެނައީ އޮޅުވާލައިގެން ކަމަށް ބުނެ ޑރ. އިޔާޒާއި، އަލީ ޒައިދު އިމްރާން ދިފާއުކޮށްފިއެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާން ޖެހުނީ “މަތީން އައި ފޯނު ކޯލެއް” ގެ ސަބަބުން ކަމަށް ވާހަކަތައް ދެކެވެއެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކުރެވުނެވެ. އަދި ފުލުހުން ވެސް މި ކޭސްގައި އެކި ފަހަރު ވާހަކަ ދައްކަނީ އެކި ގޮތަށެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެންސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ، ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްވެރިން ގެނެސްދިނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މީޑިއާތަކުގައި ވަނީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ބިދޭސީ އަންހެން މީހާއާއި މެދު ކަންތައް ހިނގައިދިޔަ ގޮތް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ގޮތުން ސަފާރީގައި ހިނގީ “ވަރަށް ކުޑަ ކަމެއް” ކަމަށެވެ. އަދި މިއީ އާއްމުތަންތާ ހިނގާ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ. މިއީ އާއްމުތަނެއްގައި ބުނަން ފަސޭހަ ވާހަކައެއް ނޫން ނަމަވެސް، އެތަނުގައި ހިނގައިދިޔައީ އާއްމުންތެރޭގައި ވެސް ހިނގާ ކަމެއްގެ ގޮތުގައި އިމްރާން ވިދާޅުވިއެވެ.

އިމާރާން ވިދާޅުވީ ގޮތުން އޭނާ ވެސް ހީކުރީ އެއީ ރޭޕްއެއް ކަމަށެވެ. އެހެން ނަމަވެސް ކަން ހިނގި ގޮތް ބަލާއިރު އެކަން ހިނގީ އެހެން ނޫން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ” އިމްރާން

ޖިންސީ ގޯނާ ކުރުން ނުވަތަ އަންހެނެއްގެ ނުރުހުމުގައި އޭނާއަށް އެއްވެސް ގޮތަކަށް ގޯނާ ކުރުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ހެދުމުން އިމާރާނަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ. އެހެން ނަމަވެސް އިމްރާނަށް އަމާޒުވާ ފާޑުކިއުންތައް ދިފާއުކޮށް ޑރ. އިޔާޒް ވިދާޅުވެފައިވަނީ އިމްރާނާއި ގުޅޭގޮތުން މީޑިއާތަކުން ގެނައީ ދޮގު ވާހަކައެއް ކަމަށެވެ. އަދި މިއީ އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށާއި، އެހެން ނޫނީ މިއީ ބިންމަތީ ފަސާދަ ފެތުރުން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ދެއްކެވި ވާހަކަތަކަށް، އޭނާގެ ގާތް ބޭފުޅެއް ކަމަށް ވާ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވީ ދައްކަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އިމާރާންގެ އަގު ވައްޓާލަން ކުރާ މަސައްކަތް ކުއްވެރި ކުރާ ކަމަށް ވިދާޅުވިއެވެ.

އިމާރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން، ވިކްޓިމްގެ ގާނޫނީ ވަކީލުން ބަޔާނެއް ނެރުނެވެ. ބަޔާނުގައި ބުނެފައިވަނީ ތަހުގީގީ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން، ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލައަކީ ކުޑަކަމެއްގެ ގޮތުގައި ދައްކަވަން މަސައްކަތްކުރެއްވުމަކީ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނެކަމާމެދު ޔަގީންކަން ގެއްލޭފަދަ ކަމެއް ކަމަށެވެ.

އިމްރާން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވާހަކަދައްކަވާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ވެސް ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 82%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އާއންމު ތަނެތްގައި ހުރެފައި އަންހެނެއްގެ އުރަތީގައި ހިފުމަކީ ހުއްދަ އަދި ގޯސް ނޫން ކަމެއް ކަމުގައި ދޭހަވާ ގޮތައް ތިޔަވާހަކަ ތިޔަހުރީ .. އިމްރާން ހުރީ ބްލެކް މެއިލްކޮއްފައި ކަމައް ބައެއް ފަރާތަކުން އެބަބުނޭ ..އިމްރާން ގެ ބަރަހާ ފޮޓޯ އެބަހުރި ކަމއް އެމްޑީޕީ އެކްޓިވިސްޓުން އެބަ ޔަގީން ކޮއްދޭ…. ސިޔާސީ ގޮތުން އިސްކޮއް އުޅޭ ގިނަމީހުން އެމްޑީޕީ އިން ބްލެކް މެއިލް ކުރާކަމައް އެކްޓިވިސްޓުން ތަކެއް ރޭގެ ވަގުތެއްގައި ކޮފީގައި ތިބެގެން ވާހަކަ ދެއްކި ކަމައް މައުލޫމާތު އެބަފެތުރޭ

Leave a Reply to ސިވާދުއަހުމަދު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: