ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން މަރުތަކުގެ ވާހަކަ ދެއްކެވީ ހެކި ހުރެގެނެއް ނޫން، ސިޔާސީ ފައިދާތަކެއް ހޯދަން: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަރުތަކުގެ ވާހަކަ ދެއްކެވީ ހެކި ހުރެގެނެއް ނޫން، ސިޔާސީ ފައިދާތަކެއް ހޯދަން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ 2015 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބޭއްވި މޭޑޭ މުޒާހާރާގައި ނޫސްވެރިޔާ އަހުމަން ރިލުވާނުގެ މަރާ ގުޅިގެން ގެންގުޅުނު ކަރުދާސްތަކަކީ އަސްލު ކަރުދާސްތަކުގެ ކޮޕީއެއް ކަމަށް މިނިސްޓަރު އިމްރާން ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމްރާން މިހާރު މިދައްކަވާ ވާހަކަތަކަށް ބަލާއިރު އެމަނިކުފާނު މަރުތަކުގެ ވާހަކަ އޭރު ދެއްކެވީ އެއްވެސް ހެއްކެއް ހުރެގެން ނޫންކަމާއި ސިޔާސީ ފައިދާތަކެއް ހޯދުމަށްކަން ވަރަށް ސާފު ކަމަށެވެ.

“މިއަދު އަނެއްކާ ރައްޔިތުންނަށް އިތުރަށް އޮޅުވާލުމަށްޓަކާ މުޅިން އާވާހަކަތަކެއް މިދައްކަވަނީ.” އުޝާމް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މޭޑާ މުޒާހަރާގައި އޭނާ ދެއްކެވި ވާހަކަތަށް ވަރަށް ގިނަ ރައްޔިތުން މިހާރު ހަނދާން ނުހުންނާނެ ކަމަށެވެ. އެކަމަކު އޭނާ އެ ވާހަކަތަށް ހަނދާން އެބަހުރި ކަމަށާއި، އެ ދުވަހު ރިލުވާނުގެ މަރުގެ މައްސަލައިގައި ސީދާކޮށް އެއްވެސް މީހަކާ ގުޅުވައިގެން ވާހަކަ ނުދައްކާ ކަމަށެވެ. އަދި ރިލުވާނަށް ވީގޮތް އޭރުވެސް އެ ސަރުކާރުގެ ވެރިންނަށް އެގޭނެ ކަމަށެވެ.

ނަމަވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އިމްރާން ހާޒިރުކޮށް އެކަމާ ގުޅޭ ސުވާލުކުރުމުން ވިދާޅުވީ، އެ ހެކިތަށް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހެކިތަށް މިހާރު ވީތަނެއް އެގޭނީ އޭނާ ހައްޔަރުކުރި ފުލުހުންނަށް ކަމަށެވެ. އިމްރާން ވިދާޅުވެފައި ވަނީ އޭނާ ހައްޔަރުކުރީ މޫނު ނިވާކޮށްގެން ތިބި ފުލުހުން ކަމަށްވުމުން އެއީ ކޮން ބައެއްކަން އެގިވަޑައިނުގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: