ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގެރޭސިން ދަތުުރުކުރުން ރައްކާތެރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހާލަތުގައި އިނގެރޭސިން ދަތުުރުކުރުން ރައްކާތެރި ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ އަރައިފިއެވެ.

މިލިސްޓަށް ރާއްޖޭގެ ނަން އެރުމާއެކު، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި އެގައުމަށް ގޮސް ކަރަންޓީނު ވާކަން ނުޖެހޭނެއެވެ.މީގެ ކުރިން، އެންމެ ފުރަތަމަ ލިސްޓު އެކުލަވާލިއިރު ރާއްޖޭގެ ނަން ނެތުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.

ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމުތައް ފިޔަވައި އެހެން ގައުމަކަށް ގޮސްފިނަމަ، ސެލްފް އައިސޮލޭޓް ވާން ޖެހޭނެކަމަށް ޔޫކޭއިން ވަނީ އަންގާފައެވެ.ރައްކާތެރިކަމަށް ކަނޑައަޅައި ގައުމުތަކުގެ ލިސްޓަށް ގައުމުތައް އިތުރުކުރަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުކަމަށް ވަނީ ބުނެފައެވެ. އެގޮތުން ގައުމުގައި ވައިރަސް ފެތުރެމުންދާ މިންވަރާއި، ގައުމަށް އެތެރެވުމުގައި ބަލައި މިންގަނޑުތަކާއި، ގައުމުގައި ދީފައިވާ ލުއިތަކާއި، ދަތުރުފަތުރުގެ ޚިދުމަތްތަކާއި ކަރަންޓީނުގެ ޚިދުމަތްތަކުގެ އިތުރަށް ސިއްހީ ފަރުވާގެ ކަންކަން ހުރިގޮތަށްވެސް ބަލާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ވިދާޅުވީ ޕެންޑަމިކްގެ ހާލަތުގައި ރާއްޖެގައި ހުންނެވިއިރު ރާއްޖެއިން ކޮވިޑް-19އާއި ދެކޮޅަށް އަޅަމުންދިޔަ ފިޔަވަޅުތައް ފެނިފައިވާ ކަމަށެވެ. އަދި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޓެސްޓު ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ކަންކަން ވަރަށް ފުރިހަމައަށް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވްވި ފަތުރުވެރިންނަށްވެސް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ފާއިތުވެދިޔަ ހަފްތާތަކުގައި ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: