ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

56 އިންސައްތަ ޒުވާނުންގެ ވަޒީފާއެއް ނެތް!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ އާބާދީގެ ތެރެއިން 56 އިންސައްތަ މީހުން ވަޒީފާ އަދާކުރަމުން ނުދާކަމަސް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިްކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެެ ޖުމްލަ އާބާދީއަކީ 557،426 މީހުންނެވެ. މީގެ ތެރެއިން 240،584 މީހުންނަކީ ޒުވާނުންނެވެ. އެއީޖުމްލަ އާބާދީގެ 43 އިންސައްތައެވެ. ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ 18 އަހަރާއި35 އަހަރާއި ދެމެދުގެ މީހުންނެވެ.

ޒުވާނުންގެ އާބާދީގެ ތެރެއިން 56 އިންސައްތަ މީހުންނަކީ ވަޒީފާއަދާ ނުކުރާ މީހުންކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މީގެ ތެރެއިން 41 އިންސައްތައަކީ އަންހެނުންނެވެ. ފިރިހެނުންގެ އިންސައްތައަކީ 15 އެވެ.

ޒުވާނުންގެ އަބާދީގެ ތެރެއިން ބޮޑުބަޔަކު ލިޔަން ކިޔަން ދަަންނަކަމަށް ތަފާސހިސާބުތަކުން ދައްކައެވެ. އެގޮތުން98 އިންސައްތަ އަންހެނުންނާއި98 އިންސައްތަ ފިރިހެނުންނަށް ދިވެހި ބަހުން ލިޔަންކިޔަން އިނޣޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި78 އިންސައްތަ ފިރިހެނުންނަށް އިނގިރޭސިބަހުން ލިޔަންކިޔަން އިނގޭއިރު،74 އިންސައްތަ އަންހެނުންނަށް އިނގިރޭސިބަހުން ލިޔަންކިޔަން އިނގޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަތީ ތައުލީމު ހާސިލުކުރާ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ދާއިރާތަކަކީ ސޯޝަލް ސައިންސް އާއި ބިޒްނަސް އަދި ލޯ އެވެ. ދެވަނައަށް ތައުލީމީ ދާއިރާ ހިމެނޭއިރު ތިންވަނައިގައި ހިމެނެނީ ސައިންސްގެ ދާއިރާއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: