ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ބަނދަރުގެ މަސައްކަތް: “ކުރިޔަށް ގެންދަނީ އެގްރިމެންޓާއި އެއްގޮތަށް، ލަސްތަކެއް ނޫޅޭނެ”

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫގެ ބަނދަރު ތަރައްގީ ކުރުން ކުރިޔަށް ގެންދަނީ އެގްރިމެންޓުގައި ވާ ގޮތަށް ކަމަށާއި، މަސައްކަތުގެ ސްޕީޑު ލަސްވާހެން ހީވަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ބަންދަރު ތަރައްގީ ކުރުމުގެ މަސައްކަތަށް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހިލަ ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ބަނދަރަށް އިތުރު ކުރެވިގެންދާ ބައިގެ ސަބަބުން، ރަށަށް ދޯނި ފަހަރުތައް ލަފާ ފުރުުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުންފުނިން ބަނދަރު ތަރައްގީ ކުރަމުން ދަނީ ވީހާވެސް ގިނަ ދޯނ ިފަހަރުތަކަށް ވަދެވޭ ގޮތަށް ކަމަށެވެ.

އިހަވަންދޫ ބަނދަރުގެ މަސައްކަތް ކުރިޔަށް ދާ ގޮތް އާޒިމް ބައްލަވާލެއްވުން/ ފޮޓޯ: ސަންގު

ބަނދަރުގެ މަޝްރޫގައި ލަސްތަކެއް އުޅޭކަމަށް ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވާ ތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ މަސައްކަތް ކުރިޔަށް ދަނީ އެގްރިމެންޓުގައި ވާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ބަނދަރުގެ މަޝްރޫއެއްގެ ތެރެއިން ފަޅު ކޮނުމުގެ މަސައްކަތް ކުރިަޔށް ދާއިރު، ބޭރު ތެރެއިން އެ މަސަައްތަރުގެ ސްޕީޑު ނޭނގިދާނެ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ހިލަ ޖަހަން ފެށުމުން އޭގެ މަސައްކަތް ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަމާޒަކީ މަޝްރޫއު ހަވާލު ކުރެވުނު ތާރީހަށް ނިންމާލުން ކަމަށެވެ. އަދި އެއްވެސް ލަސްތަކެއް ނައިސް މަސައްކަތް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތް/ ފޮޓޯ: ސަންގު

މި މަޝްރޫއާއި ގުޅޭގޮތުން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ރަށުގެ ބަނދަރު ނިމުމާއި އެކު ދޯނިފަހަރުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިފެން ދާނެ ކަމަށެވެ. ގާތްގަނޑަކަށް 3000 މީހުންގެ އާބާދީގެ އެ ރަށަކީ މާލެއިން ވެސް މުދާތައް ހިފައިގެން ދޯނިތައް އަންނަ ރަަށެއް ނަމަވެސް، އެ މުދާތައް ފަސޭހައިން ބޭލޭނެ އިންތިޒާމެއް ނެތް ކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރަޝީދު ވަނީ އިހަވަންދޫ އަކީ މަސްވެރިކަމުގެ ރަށެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ރަށުގެ މަސްވެރި އުޅަނދުތަކާއި، ލޯންޗުތައް ފަޅުގައި ބެހެއްޓުމުގައި ޖާގައިގެ ދަތިކަން ވެސް ދިމާވާ ކަމަށެވެ. ތަފާތު އެކި ބޭނުންތަކުގައި ރަށަށް މެހުމާނުންތައް އައުމުން ވެސް އެ މީހުން ރަށަށް ފޭބުމަށް ދަތިވާއިރު، ރަށަށް އަންނަ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދީ، ރަށަށް ފޭބޭނެ އިންތިޒާމުތައް ހަމަޖައްސާކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ބަނދަރާއި އެކު ރަށަށް އުންމީދީ ބަދަލެއް އަންނާނެ ކަމަށެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް/ ފޮޓޯ: ސަންގު

ޖުމްލަ 51.72 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ މަސައްކަތުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށާފައިވަނީ މި އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. މަޝްރޫއުގެ ދަށުން 21،295 ކިއުބް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 95 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 285 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުން ހިމެނެއެވެ.

މަޝްރޫއުގެ ދަށުން ނެރު ބައްތި ހަރު ކުރުމާއި، 4،582 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހެދުން ވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: