ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި އެހެން ސިނާއަތްތައް ކުރިއަރަން ފަށައިފި

އެމްއެމްއޭ އިމާރާތް --- މާލޭގެ މަލަމަތި | ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި އެހެން ސިނާއަތްތައް މިއަހަރުގެ މިހާތަނަށް ކުރިއަރަން ފަށާފައިވާ ކަމަށް މޯލްޑިވްސް މަނިޓާރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބިޒްނަސް ސާވޭ ރިޕޯޓުން ދައްކައިފިއެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު 30 އިން މި މަހުގެ 14 ގެ ނިޔަލަށެވެ.

އެގޮތުން، ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 104 ކުންފުންނަކުން މި ސާވޭގައި ބައިވެރިވެފައިވެއެވެ.

އެމްއެމްއޭއިން ބުނީ، ދެވަނަ ކުއާޓާއާއި އަޅާބަލާއިރު، ތިން ވަނަ ކުއާޓާގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، ސާވޭގައި ހިމެނޭ ހުރިހާ ސިނާއަތްތައްވެސް ކުރިއަރާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުމާއިއެކު، ވިޔަފާރިތަކުގެ ހަރަކާތްތަކާއި އާމްދަނީ އިތުރުވެ، ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: