ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކޯލިޝަން ކޮބައިތޯ ސައުދު ސުވާލު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަން ކޮބައިތޯ ސައުދު ސުވާލު ކުރައްވައިފި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ނާއިބު ރައީސް އަހުމަދު ސައުދު ސުވާލު އުފައްދައިފިއެވެ.

ސައުދު މިފަދައިން ސުވާލު އުފެއްދެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުކަމަށް ގެނައި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އެމްޑީޕީގެ އިސް ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ސޯލިހު މިއަދު އެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

އެކަމާއި ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޯލިޝަން އޮތްތޯ ސުވާލު އުފައްދާފައެވެ.

މި މައްސަލާގައި ޖޭޕީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން އެކަމާއި ގުޅޭ ގޮތުން ސުވާލު އުފެއްދުމުންވެސް  އެޕާޓީ އިން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޯލޝަނަކީ ޖޭޕީ ސަރުކާރަކީވެސް ޖޭޕީ ކޮންކޯލިޝަނެއްތަ ތިއުވާލަންވީ
    ތިކަމަކާހެދި ސަރުކާރު ނޭވާނުލެވޭ ކިހާދެރަކަމެއް މަދުވަނީ އަދިވެސް
    ވާނީ މަދު ސައުދުއަށް ކޯލިޝަން އެގެދެން މަދުވާނެ ނޫނީ
    މިންވަރައް އީމާންވެ ހިއްނިޔަތް ޚަލާސްކޮށް އަދިކޮޅު ހުރިހާމީހުން
    ސައްލާކުރަންތިބޭ. މިވަރުންވިސްނާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: