ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ނިންމެވުން ވަރަށް ފުރިހަމަ، ނަސީމް ތަފާތު ދައްކަވާނެ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓަރު ކަމުގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި އަހްމަދު ނަސީމް ތަފާތު ދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި ތަޖުރިބާހުރި ބޭފުޅެއް ބޭނުންވެފައިވާ މިދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަކީ ވަރަށްވެސް ފުރިހަމަ ނިންމުމެއް ކަމަށެވެ. އަދި މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަން ޔަގީން ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވައި ލިޔުން ހަވާލުކުރެއްވީ މިއަދު އެވެ. އޭނާ މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: