ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މަހުލޫފް ޒުވާނުންނަށް: ޖިންސުގެ ތަފާތުކުރުމެއްނެތި އުންމީދުތައް ހާސިލުކޮށްދޭން މަގުކޮށައި ދޭނަން

ޔޫތް މިނިސްޓަރ މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސްގެ ތަފާތުކުރުމެއް ނެތި، ޒުވާނުންގެ އުއްމީދާ އެއްގޮތަށް އެކަންކަމަށް މަގުފަހިކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ މަހހުލޫފް ދެއްވި ޚިޠޯބުގައި ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް މެންޑޭޓް ކުރެވިފައިވާ ގޮތުން ޒުވާނުންނާއި ގުޅޭ އެކި ދާއިރާތަކުގެ އެކި މަސައްކަތްތައް ބެހިގެންގޮސްފައިވަނީ ތަފާތު އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ ދަށަށް ކަމަށެވެ.

އެގޮތުން ޔޫތު މިނިސްޓްރީއަށް މެންޑޭޓް ކުރެވިފައިވާ މަސައްކަތްތަކުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރީ އަހަރުތަކާއި އަޅާ ބަލާއިރު ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިގޮތުން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެކުލަވާލެވިފައިވާ ޒުވާނުންގެ ޤައުމީ މަޖިލީހުގެ ބައިވެރިވުމާއެކު ބާއްވާ ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ލައިފް ސްކިލްސް ޕްރޮގްރާމްތަކާއި، ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާއި، އަދި ޒުވާން ލީޑަރުން އުފެއްދުމަށް ޚާއްސަ ކޭމްޕްތަކެއް ކުރިޔަށް ގެންދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އަދި ކޮވިޑްގެ މި ދަތި ވަގުތުގައި ވެސް އޮންލައިންކޮށް ވެސް ގިނަ ޕްރޮގްރާމްތަކެއް މިހާރު ވެސްކުރިޔަށްދާކަން މިނިސްޓަރ މަހުލޫފް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ޖަމްއިއްޔާތަކާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައު ބާރުވެރިކުރުމަށް އެ ޖަމްއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީ ގިނަ ޕްރޮގްރާމްތަކެއް ހިންގިފައިވެއެވެ. މި މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔުމަށް ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އަދި ޒުވާނުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމަށް މިނިސްޓަރ ޝުކުރު އަދާ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި  ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މީގެކުރިން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ނުލިބޭ ވަރަށް، އަދި ފައިސާ ހަރަދުނުކުރާ ވަރަށް، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ ފުރުސަތުތައް ފަހިކޮށްދީފައެވެ.

” ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް SDFC އަދި ބައެއް ބޭންކްތައް މެދުވެރިކޮށް އެތައް ސަތޭކަ ޒުވާނުންނަށް ވިޔަފާރިތައް ފެށުމުގެ ފުރުސަތުތައް ވަނީ ތަނަވަސްކޮށްދީފަ. އަދި ކޮވިޑާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެތައް މިލިއަން ރުފިޔާގެ އެހީތެރިކަން ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރުން ވަނީ ފޯރުކޮށްދީފަ. ރައީސް ސޯލިހުގެ ހަރުދަނާ އިގްތިޞާދީ ސިޔާސަތުގެ ދަށުން އެކިއެކި ވުޒާރާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެދިގެން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން އެހެރީ ފެންނަން.” މިނިސްޓަރ މަހުލޫ

މީގެއިތުރުން މިނިސްޓަރ މަހުލޫފް ވިދާޅުވީ  ކުޅިވަރު ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިޔުމަށް، ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބަޖެޓުން ޚަރަދުނުކުރާ ވަރަށް ކުޅިވަރަށް ޚަރަދުކޮށް، ކުޅިވަރު ފެސިލިޓީސްތައް ގާއިމްކޮށް، އެތުލީޓުންނަށް ރަނގަޅު ތަމްރީންދީ، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށް، ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި، ދިވެހި ޒުވާނުން ބޮޑެތި ކާމީޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އަންހެން އަދި ފިރިހެން ޖިންސީ ތަފާތު ނައްތާލައި، ގައުމީ އެތުލީޓުންނަށް ދޭ މުސާރައާއި އިނާމް ފައިސާއަށް ވަނީ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވިފައެވެ. ހަމައެހެންމެ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ޒުވާނުން ތިބުމަށް ބާރުއެޅުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވުވި ގޮތުގައި ފަންނުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން މަސައްކަތްތަކެއް ވަނީ ފެށިފައެވެ. މިކަންކަން ހާސިލްކުރުމަށްޓަކައި ކަމާއި ގުޅޭ ވުޒާރާތަކުން ކުރައްވާފައިވާ މަސައްކަތްތަކަށްޓަކައި އެ ވުޒާރާތަކުގެ ވަޒީރުންނަށް އަދި އެންމެހާ ހީވާގި މުވައްޒަފުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. .

މިނިސްޓަރވިދާޅުވިގޮތުގައި ޒުވާނުންގެ ދުވަހާއި ކުރިމަތިލާއިރު މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، ބަސް ބުނެ އުޅުމުގެ ފުރުސަތު އެއްވެސް ބިރެއް ނެތި ލިބިފައިވާ ކަމީ ފަޚުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅު ކުރުމަށް އަދި އިސްލާހްކުރުމަށް ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ އަދި ފާޑުކިޔުމަކީ އެމަނިކުފާން އުފަލާއެކު ބަލައިގަންނަ ކަމެކެވެ. އަދި މިފަދަ ކަންކަމުގައި ޚިޔާލު ފާޅުކޮށް ހަދާއިރު އެފަދަ މައްސަލަތަކަށް ހައްލު ދައްކައި ދިނުމަކީ ވެސް ޒުވާނުންގެ ކިބައިން މިއަދު އެދޭ އެދުމެއް. ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: