ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު މިނިސްޓްރީގެ ކޮރަޕްޝަނުގައި ފައިދާވި މީހުން ހާމަކުރާނަން: ނިޝާމާ

ނިޝާމާ އަކީ، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާ/ ނިޝާނާއަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދުކުރުމުގައި ހިންގާފައިވާ ކޮރަޕްޝަނުގައި ފައިދާވީ ފަރާތްތަކުގެ ނަންތައް ހާމަކުރައްވާނެ ކަމަށް ލްތު މިނިސްޓްރީގެ ބިޑްކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ނިޝާމާ މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީ މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އޮގަސްޓް މަހުގެ 19 ވަނަ ދުވަހު “ސިއްރު ސިޓީއެއްގެ” ގޮތުގައި ނިޝާމާ ފޮނުއްވި ސިޓީގައި ވިދާޅުވެފައވަނީ ތަހުގީގަށް މައުލޫމާތު ހިއްސާކުރެއްވުމުން ރައްކާތެރިކަން ފޯރުކޮށްދެއްވުމަށެވެ. އަދި އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު ހާމަކުރެއްވުމުން ރައްކާތެރި ކަމުގެ ޔަގީން ކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ނިޝާމާގެ ސިޓީގައި ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށް ނިޝާމާ ވިދާޅުވެފައިވެއެވެ.

ނިޝާމާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުން އޭނާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާ މަސައްކަތް ކުރެއްވީ އެއްވެސް ނުބައި ނިޔަތެއް އަދި ގާނޫނާ ޚިލާފު އަމަލެއް ހިންގަވާކަށް ނޫން ކަމަށެވެ.

“ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަން، އަދި މި މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދިނުމަށްޓަކައި ގާނޫނީ ނަމްބަރު ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅުގަނޑަށް ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދެން” ނިޝާމާ

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ހެލްތު މިނިސްޓްރީގެ ތަހުގީގަށް ފަހު ނިޝާމާގެ މައްޗަށް ވެސް ދައުވާ ކުރަންފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުގެ ތަހުގީގަށް ފަހު ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: