ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އިމްރާން ފުލުހުންގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވި މައްސަލަ ބަލަން ޖެހޭ”

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ގުޅޭގޮތުން ހޯދި ހެކިތައް، ކުރީ ސަރުކާރުގައި ފުލުހުން އަތުލާފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމަކީ ފުލުހުންގެ ބޮލުގައި އިލްޒާމެއް އެޅުވުން ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭރު އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް މެއި، 2015 ގައި ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވަނީ ރިލްވާން ގެއްލުވާލުމުގައި ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވުން އޮތްކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިލްވާންގެ މައްސަލާގައި ހުރި ކަމަށް ބުނާ ހެކިތައް ކޮބައިތޯ ވިދާޅުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުން އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާއަށް ފަހު އެރޭ އިމްރާން ހައްޔަރުކޮށް އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ އެފަދަ މޭރުމަކުން ދިވެހި ފުލުހުން ބަދުނާމުކޮށް އެފަދަ އިލްޒާމެއް އެޅުވުމުން އެކަން ފުލުހުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ލިޔެކިޔުންތައް މިހާރު ވީ ތަނެއް އެނގޭނީ ފުލުހުންނަށެވެ. އަދި އޭރުގެ ފުލުހުންގެ ތެރެއިން އެ ގެންދިޔަ ބައެއްގެ އަތުގައި އެ އެއްޗެހި ވާންވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

“މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާވެސް ޖެހޭނީ ތަހުގީގެއް ފަށަން. އެ ލިޔުންތަކަށް ވީ ގޮތް ބަލަން އިތުރު ތަހުގީގެއް ކުރަން ވަގުތެއް ނެތް” އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަހަހަހަ. ޝިޔާމަކީ ޕީޕީއެމްގެ މަގާމެއްގަ ހުއްޓަސް ނަޝީދުގެ ބަހަށް ކަންކަންކުރާ މެންބަރެއް. މިއީ ސީދާ އިމްރާން ދުއްވާލަން ނަޝީދު ކުރުވިކަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: