ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ދައުވާ ނުކުރަން ނިންމުމަކުން މިނިސްޓަރު އަމީނަށް ޒިންމާއިން ބަރީއަނުވެވޭނެ: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) ދައުވާ ނުކުރަން ނިންމުމަކުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ޒިންމާއިން ބަރީއަނުވެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ވެންޓިލޭޓަރު މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ކުރި ތަހުގީގަށްފަހު މިނިސްޓަރު އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލުމުންނެވެ.

އެކަމާ ގުޅިގެން އިޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮޑިޓަރ ޖެނެރަލް ވިދާޅުވީ ގޯސްހަދާފައިވާކަމަށާއި އޭސީސީން ނިންމީ ކޮރަޕްޝަން ހިންގާފައިވާކަމަށް ކަމަށެވެ.

“ޕީޖީ ދައުވާ ނުކުރާން ނިންމުމަކުން މިނިސްޓަރ އަމީންއަށް ޒިންމާއިން ބަރީއަނުވެވޭނެ. ވެންޓިލޭޓަރު މައްސަލައިގެ ޒިންމާ މިނިސްޓަރު ނަންގަވަންޖެހޭނެ. އަޅުގަނޑުގެ އިތުބާރު އަމީންއަކަށްނެތް.” އުޝާމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލަ އަނބުރާ ފޮނުވާލިއިރު، އެމްޑީޕީން މިހާރު ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 24 މެމްބަރުންގެ ސޮޔާއެކުއެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު، މިއަދު ވަނީ އޭސީސީގެ ފަސް މެމްބަރުން މަގާމުން ވަކިކުރަން ފެށުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވެސް ހުށަހަޅާފައެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމުން އޮންނާނީ އެ ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: