ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުއްޓަށް އެޗްއީއޯސީގެ ހާއްސަ ޓީމެއް ފޮނުވަނި

ކުޅުދުއްފުށި ސިޓީ----
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ އަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހާއްސަ ޓީމެއް ފޮނުވުމަށް ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ނިންމެވުމެކެވެ.

އެގޮތުން މިއަދު ވަނީ އެ ޓީމު އެކުލަވާލާ ބައްދަލުވުން ބާއްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައިވަނީ މިހާރުގެ ޙާލަތަށް ބަލާ އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް އިދާރާތަކުން ވަނީ ވިދާޅުވެފައެވެ.

މިވަގުތު ކުޅުދުއްފުށި ސިޓީގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި ހަތް ކޭސްއެއްވެއެވެ. އޭގެތެރޭގައި ހަތަރު ދިވެހިންނާއި ތިން ބިދޭސީން ހިމެނެއެވެ. މިހާތަނަށް ކުޅުދުއްފުށީ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 154 މީހުން ފާހަގަވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟
ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: