ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދާ އެއްގޮތަށް ވައްކަމާ ހިޔާނާތާއި ދެކޮޅަށް އަޅުގަނޑު ތެދުވާނަން: ސިރާޖު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި އެމްޑީޕީންވީ ވައުދާ އެއްގޮތަށް ވައްކަމާ ހިޔާނާތާއި ދެކޮޅަށް ތެދުވާނަން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ހަމަ ކުރުމަށްފަހު އެ މައްސަލަ މަޖިލީހަށް ވެއްދުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސިރާޖު ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާ ސޮއި ކުރިކަން ހާމަކޮށްފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕް އަށް ނިސްބަތްވާ ތިން މެންބަރު ވަޑައިގެންނެވިއެވެ. އެއީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ. އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާންއެވެ.

އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެގި ވޯޓުން ފާސްވީ އަމީނުގެ އިތުބާރު އޮތް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: