ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން މަގާމުން ވަކިކުރުމާއި ބެހޭގޮތުން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް!

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ތެރޭގައި ހެލްތް މިނިސްޓްރީން އަަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުން ފެންމަތިވީ ކޮރަޕްޝަންގެ މައްސަލަތަކާއި އެކު މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލައަށް އެކަހެރިވެ ހުންނެވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުުމާ ގޫޅޭ ގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮވިޑުގެ ތެރޭގައި އަމީން އަމަލު ކުރައްވާފައިވާ ކަމުގެ ތުހުމަތުތައް ކުރެވެއެވެ. އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީއިން އަމިއްލަ މަންފާއަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުތައް ކުރީ އަމީންގެ މައްޗަށެވެ. އަދި މައްސަލައިގެ ރިޕޯޓު ނިންމާ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓްރީގެ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީއިން ފޮނުވިއެވެ. ކޮމިޝަނުން އެދުނީ އަމީނާއި އެކު އިތުރު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށްވާއިރު، އޭގެ ތެރޭގައި މިނިސްޓްރީގެ ބައެއް އިދާރީ މުވައްޒަފުންތައް ވެސް ހިމެނެއެވެ.  އެހެން ނަމަވެސް ޕީޖީއިން ވަނީ އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާފައެވެ.

މައްސަލައިގައި ފާޑުކިއުންތައް އަމާޒުވަމުން ދަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީން ވިދާޅުވީ އެ މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީގެ ރިޕޯޓުގައި ނެތް ކަމަށެވެ. ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކަމަށާއި އޭސީސީގެ ރިޕޯޓުގައި އެކަން ސާބިތު ކުރެވޭ ވަރުގެ ވާހަކައެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއާއި އެކު އެމްޑީޕީގެ މެމްބަރުން ވަނީ އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައެވެ. މުސާރަ ހިނގާ ގޮތަށް މަގާމުގެ މަސްއޫލިއްޔަތާއި ދުރުވެ ހުންނެވި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން މަސައްކަތް ކުރާކަން ބައެއް މެމްބަރުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އެގޮތުން އެ ބައްދަލުވުން މިއަދުގެ ވަގުތެއްގައި ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: