ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނިއުޒިލެންޑުގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާންއަށް މަރުޙަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ޖަސިންޑަރ އާޑާންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އިންތިޚާބުގައި ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ކާމިޔާބީގެ ފަހަތުގައި ވަނީ، އެ ކަމަނާގެ ހިންގުންތެރި ސިޔާސަތުތައް ކަމުގައި ވިދާޅުވިއެވެ.

އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 ގެ ޙާލަތާއި ކުރިމަތިލުމަށް އެ ކަމަނާ ގެންގުޅުއްވާ ސިޔާސަތުތަކަކީ، މުޅި ދުނިޔޭގެ ތަޢުރީފު އެ ކަމަނާއަށް ލިބުނު ސިޔާސަތުތަކެއް ކަމުގައި ފާހަގަކުރައްވައި، އެ ސިޔާސަތުތަކަށް ތަޢުރީފުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ދިވެހިރާއްޖެއާއި ނިއު ޒިލެންޑާ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެ މަނިކުފާނު ވަނީ ޖަސިންޑަރ އާޑާންގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި، އަދި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލެއްވީ، ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކާއި، ކުރިއެރުމާއި، ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: