ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓުގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވެންސް ގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް -19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކާއި، އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކާއި، މުސާރަ އިން އުނިކޮށްފައިވާ ފަރާތްތަކުގެ އިތުރުން ނޯޕޭ ލީވްއަށް ފޮނުވާފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވެންސް އާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 106 މިލިއަން ރުފިޔާ، 9,989 ފަރާތަކަށް ވަނީ ދޫކޮށްފައެވެ.

މި އެހީ އަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިން އާންމު ރައްޔިތުންނަށް ދޭ އެހީއެކެވެ. ސަރުކާރުން ދޭ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރުދޭނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: